23 Nov 2017, 09:56
ފުރަތަމަ ސެލްފީއެއް ނެގީ ޕެރިސް ހިލްޓަން ކަމަށާއި ސެލްފީ އާންމުންގެ ތެރެއަށް ތައާރަފުވީ އޭނާގެ ސަބަބުން ކަމަށް މަޝްހޫރު ސެލެބްރިޓީ ޕެރިސް ހިލްޓަން ބުނެފި އެވެ.
ހިލްޓަން ބުނީ އެންމެ ފުރަތަމަ އޭނާ ސެލްފީ އެއް ނަގާފައި ވަނި މީގެ 11 އަހަރު ކުރިން 2006 ވަނަ އަހަރު މަޝްހޫރު ލަވަކިއުންތެރިޔާ ބްރިޓްނީ ސްޕިއާސް އާ އެއްކޮށް ކަމަށެވެ.
"ފުރަތަމަ ސެލްފީ ނެހީ އަހަރެން. އެއީ މުޅި ދުނިޔެއަށް ތައާރަފުކުރީ އަހަރެން. އަހަރެންގެ ސަބަބުން ސެލްފީ މިއަދު އާންމުންގެ މެދުގައި މަގްބޫލުވެފައި އެއޮތީ،" އޭނާ ބުންޏެވެ.
11 years ago today, Me & Britney invented the selfie!pic.twitter.com/1byOU5Gp8J
— Paris Hilton (@ParisHilton)November 19, 2017
އުމުރުން 36 އަހަރުގެ ހިލްޓަން ވަނީ އެ ސެލްފީ ވެސް ޓުވިޓާގައި އާންމުކޮށްފަ އެވެ.
އެކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވަމުންދާއިރު ގިނަ ބަޔަކު ދަނީ މީގެ 11 އަހަރަށް ވުރެ ކުރިން ނަގާފައި ހުރި ސެލްފީތަކެއް ޓުވިޓާ ކުރަމުންނެވެ.
ހިލްޓަން ބުނީ ބަޔަކު ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް ހަގީގަތަކީ ބަދަލު ކުރވޭނެ އެއްޗެއް ނޫން ކަމަށާއި ފުރަތަމަ ސެލްފީ ނެގީ ހަމަ އޭނާ ކަމަށެވެ.
ގިނަ މީހުން ބުނަނީ ކުރިން ނަގާފައި ހުރި ސެލްފީތަކެއް އެބަހުރި ކަމަށާއި ހިލްޓަން މަސައްކަތް ކުރަނީ މީހުންގެ ސަމާލުކަން ހޯދަން ކަމަށެވެ.
އޭނާ ވަނީ ގިނަ އަދަދެއްގެ ފިލްމް ބެލުންތެރިންނާ ހަމައަށް ގެނެސް ރީތި ލަވަތަކެއް ގެނެސްދީފަ އެވެ. އޭގެ އިތުރުން އޭނާ ވަނީ ގިނަ އަދަދެއްގެ ޓީވީ ސީރީސް ވެސް އާންމުންނާ ހަމައަށް ގެނެސްދީފަ އެވެ.