23 Nov 2017, 09:12
"ޕެޓްރިޖް ފެމިލީ" އިން ބޮޑު މަޝްހޫރު ކަމެއް ހޯދި އެކްޓަރު އަދި ލަވަ ކިޔުންތެރިޔާ ޑޭވިޑް ކެސިޑީ މަރުވެއްޖެ އެވެ.
އޭނާ މަރުވީ ކިޑްނީ ފެއިލްވެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހުގަ އެވެ. އުމުރުން 67 އަހަރުގެ އެކްޓަރު އަދި ލަވަ ކިޔުންތެރިޔާ ވަނީ ޑިމެންޝިއާ ޖެހިފަ އެވެ.
ކެސިޑީ އަކީ ކުޅަދާނަ އެކްޓަރެއްގެ އިތުރުން މޮޅު ލަވަކިޔުންތެރިއެއް ވެސްމެ އެވެ. އޭނާ ވަނީ "ޓީން އައިޑޮލް" ވެސް ކާމިޔާބު ކޮށްފަ އެވެ.
ކެސިޑީ މަރުވި އިރު ދެ ކުދިން ވެސް އެބަ ތިއްބެވެ. މިއުޒިކީ ކެރިއަރުގައި އޭނާ ވަނީ 12 ސްޓޫޑިއޯ އަލްބަމް ނެރެފަ އެވެ.
ކެސިޑީގެ އެންމެ ފަހު މަސައްކަތަކީ އަންނަ މެއި މަހުގެ ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމް "ފޮގިވެން ދިިސްގަން 4 ހަޔާ" އެވެ.