23 Nov 2017, 08:53
އަންނަ މަހުގެ އަށް ވަނަ ދުވަހު ބޭއްވުމަށް ތާވަލުކުރި "އީކުއޭޓާ އައްޑޫ ސިޓީ އިންޓަނޭޝަނަލް މެރަތަން" އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކޮށްފި އެވެ.
ރަނާސް މޯލްޑިވްސް އާއި ނަސީރު ސްޕޯޓްސް އެކެޑަމީ (އެންއެސްއޭ) އިން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހުނު ބައިނަލްއަގުވާމީ ދުވުން ބާއްވާގޮތަށް މިހާރު ތާވަލުކޮށްފައި ވަނީ ފެބްރުއަރީ މަހުގެ ދެ ވަނަ ދުވަހު އެވެ.
ރަނާސް މޯލްޑިވްސް އިން ބުނީ، އީކުއޭޓާ އައްޑޫ ސިޓީ އިންޓަނޭޝަނަލް މެރަތަން ފަސްކޮށްފައި ވަނީ އެ ދުވުމުގައި ވާދަކުރާ ބިދޭސީ ދުވުންތެރިންގެ ވިސާ ހަމަނުޖެހޭތީ އާއި ބައެއް ކަންކަން ހަމަޖެހިފައި ނުވާތީ ކަމަށެވެ. އެ ދުވުމުގައި ގިނަ އަދަދެއްގެ ބިދޭސީ ދުވުންތެރިން ވާދަކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އެފްރިކާއަށް ނިސްބަތްވާ ދުވުންތެރިންނެވެ.
ފައިސާގެ ބޮޑެތި އިނާމުތަކެއް ހުށަހަޅާފައިވާ އެ ދުވުމުގެ އިންތިޒާމުތައް އިތުރަށް ފުރިހަމަ ކުރުމުގެ މަގްސަދުގައި ދުވުން ބާއްވާ ތާރީހަށް ބަދަލު ގެނެސްފައިވާ އިރު، ދުވުމުގައި ބައިވެރިވުމުގެ މުއްދަތު ވެސް އިތުރުކުރާނެ ކަމަށް ރަނާސް މޯލްޑިވްސް އިން ބުނެ އެވެ.
އީކުއޭޓާ އައްޑޫ ސިޓީ އިންޓަނޭޝަނަލް މެރަތަންގެ ފައިސާގެ އިނާމުތައް:
މެރަތަން އޯޕަން ކެޓެގަރީ
އެއްވަނަ- 5000 ޑޮލަރު
- ދެވަނަ- 3000 ޑޮލަރު
- ތިންވަނަ- 2000 ޑޮލަރު
- ހަތަރުވަނަ- 500 ޑޮލަރު
- ފަސްވަނަ- 250 ޑޮލަރު
- ހަވަނަ އިން ފެށިގެން ދިހަވަނައަށް ހޮވޭ ކޮންމެ ދުވުންތެރިޔަކަށް- 100 ޑޮލަރު
ފުލް މެރަތަން އޯޕަން ކެޓެގަރީ (ވެޓެރަންސް)
އެއްވަނަ- 300 ޑޮލަރު
- ދެވަނަ- 200 ޑޮލަރު
- ތިންވަނަ- 100 ޑޮލަރު
ހާފް މެރަތަން އޯޕަން ކެޓެގަރީ
އެއްވަނަ- 1000 ޑޮލަރު
- ދެވަނަ- 800 ޑޮލަރު
- ތިންވަނަ- 600 ޑޮލަރު
ދިހަ ކިލޯމީޓަރު އޯޕަން ކެޓެގަރީ
އެއްވަނަ- 700 ޑޮލަރު
- ދެވަނަ- 500 ޑޮލަރު
- ތިންވަނަ- 200 ޑޮލަރު
ފަސް ކިލޯމީޓަރު ކެޓެގަރީ
އެއްވަނަ- 300 ޑޮލަރު
- ދެވަނަ- 200 ޑޮލަރު
- ތިންވަނަ- 100 ޑޮލަރު
- ހަތަރުވަނަ އިން ފެށިގެން ދިހަވަނައަށް ހޮވޭ ކޮންމެ ދުވުންތެރިޔަކަށް- 50 ޑޮލަރު
ފަސް ކިލޯމީޓަރު އޯޕަން ކެޓެގަރީ
އެއްވަނަ- 500 ޑޮލަރު
- ދެވަނަ- 300 ޑޮލަރު
- ތިންވަނަ- 200 ޑޮލަރު
ފަސް ކިލޯމީޓަރު ހިނގުން/ ވެޓެރަންސް ކެޓަގަރީގެ ދުވުން(50 އަހަރުން މަތީގެ ފަރާތްތަކަށް)
އެއްވަނަ- 300 ޑޮލަރު
- ދެވަނަ- 200 ޑޮލަރު
- ތިންވަނަ- 100 ޑޮލަރު