ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ ސިޔާމް މައުރޫފް ސޮކާ ކަޕްގައި އެންމެ ފަހުގެ ރަނަރަޕް ކެނދިކުޅުދޫ ބަލިކޮށް، މިލަދޫ އިން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އެކެއްގެ މެޗުގައި ކެނދިކުޅުދޫގެ މައްޗަށް މިލަދޫ އިން ކުރި ހޯދާފައި ވަނީ 1-0 ލަނޑުގެ ނަތީޖާ އަކުންނެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މިލަދުއާއި ކެނދިކުޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލަދޫ މޮޅުވީ 1-0 ލަނޑުން ---

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި މިލަދޫ އިން ކާމިޔާބުކުރި ލަނޑު އެ ޓީމަށް ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު މައުރޫފެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ.

ގްރޫޕް އެކެއްގައި ކޮންމެ ޓީމެއް ވެސް ދެން ކުޅެން ޖެހޭނީ އެންމެ މެޗެކެވެ. އެ ގްރޫޕުން ލަންދުއާއި ކެނދިކުޅުދޫ އިން ކުއާޓާގެ ޖާގައެއް ކަށަވަރުކޮށްފައިވާ އިރު، ކެނދިކުޅުދުއާއި މާފަރަށް ވަނީ ކުއާޓާގެ ޖާގައެއް ހޯދުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މިލަދުއާއި ކެނދިކުޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލަދޫ މޮޅުވީ 1-0 ލަނޑުން ---

ކެނދިކުޅުދުއާއި މާފަރުން ދެން މަސައްކަތްކުރަން ޖެހޭނީ ހުރިހާ ގްރޫޕެއްގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ ތެރޭގައި ހިމެނުމަށެވެ. ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ހޯދާ ދެ ޓީމަކަށް ކުއާޓާގެ ޖާގައެއް ލިބޭނެ އެވެ. ގްރޫޕް އެކެއްގައި ލަންދުއާއި މިލަދޫ ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ އިރު، ކެނދިކުޅުދުއާއި މާފަރަށް އަދި މޮޅެއް ހޯދިފައެއް ނުވެ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕްގައި މިލަދުއާއި ކެނދިކުޅުދޫ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން މިލަދޫ މޮޅުވީ 1-0 ލަނޑުން ---

މިއަހަރުގެ މުބާރާތުގައި ނ. އަތޮޅުގެ 12 ރަށަކުން ވާދަކުރެ އެވެ. މުބާރާތުގައި ވާދަކުރާ ޓީމުތައް ތިން ގްރޫޕަކަށް ބަހާލާފައިވާ އިރު، ކުއާޓާ ފައިނަލުގެ ޖާގަތައް ލިބޭނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކާއި ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ.

  • ގްރޫޕް އެކެއް:ލަންދޫ، ކެނދިކުޅުދޫ، މާފަރު، މިލަދޫ.

  • ގްރޫޕް ދޭއް:މަގޫދޫ، މަނަދޫ، ހެނބަދޫ، ކުޑަފަރީ.
  • ގްރޫޕް ތިނެއް:ވެލިދޫ، ޅޮހި، ހޮޅުދޫ، މާޅެންދޫ.

ސިޔާމް މައުރޫފް ކަޕަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފްގެ އިސްނެންގެވުމާ އެކު ނ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.