14:30


އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ވެއްޓި އެބޯޓުން ދަތުރުކުރި ވަރަށް ގިނަ މީހުން މަރުވުމާ ގުޅިގެން އިންޑިޔާގެ ރައީސާ ޕްރަތިބާ ޕާޓިލަށް ތަޢުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މެސެޖެއް ފޮނުއްވައިފި އެވެ.


ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ވަރަށް ފުންހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، އިންޑިޔާގެ ރައްޔިތުން މި ހިތާމަ ބަރުދާސްތު ކުރަމުން ގެންދާއިރު، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާ މި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން، ރައީސާ ޕްރަތިބާ ޕާޓިލަށާއި، އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި މި ހިތާމަވެރި ހާދިސާގައި އެތައް ޢާއިލާއެއްގެ ލޮބުވެތި އެތައް ބަޔަކު މި ދުނިޔެ ދޫކޮށްފައިވާތީ، އެ ޢާއިލާތަކުގެ ލޮބުވެތި މެންބަރުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.