މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން އަލަށް ތައާރަފް ކުރި މޯބައިލް އެޕްލިކޭޝަނަށް ކަސްޓަމަރުން އަހުލުވެރި ކުރުވުމުގެ ގޮތުން ވެލާނާގޭ ސަރަޙައްދުގައި ރޯޑްޝޯއެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު 10:00 އިން 15:00 ގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ ރޯޑް ޝޯ މާދަމާވެސް އޮންނާނެކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެ ކުންފުނިން ބުނީ، އެ ރޯޑް ޝޯއަކީ ކަސްޓަމަރުންނަށް ވީހާވެސް ލުއިފަސޭހަކަމާއެކު ކުންފުނީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ތަޢާރަފް ކުރެވިފައިވާ މޯބައިލް އެޕްލިކޭޝަނަށް ކަސްޓަމަރުން އަހުލުވެރި ކުރުވުން ކަމަށެވެ. އަދި އެ ރޯޑް ޝޯގައި ކަސްޓަމަރުންނަށް ވަގުތުން މޯބައިލް އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން، ކުންފުނީގެ ޚިދުމަތްތަކަށް އެދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވެގެންދާނެއެވެ.