ރީތި އޮމާން ހަންގަނޑެއްގެ ވެރިއަކަށް ވުމަށް ބުރަ މަސައްކަތް ކުރާ މީހުން އުޅެއެވެ. އެތައް ބައިވަރު ލާރިއެއް ހަރަދުކޮށް އެކިކަހަލަ ކޮސްމެޓިސްކް ބޭނުންކޮށް ހަދައެވެ.

މާ ބޮޑު ހަރަދެއް ނުކޮށް، ގެއިން ފަސޭހައިން ލިބެން ހުންނަ ބާވަތްތައް ބޭނުންކޮށްގެންވެސް ހަންގަނޑަށް އުޖާލާކަން ގެނެސް އޮމާން ރީތި ހަންގަނޑެއްގެ ވެރިއަކަށް ވެވިދާނެއެވެ.

ކާށިތެޔޮ:މިއީ ބޮލުގެ އިސްތަށިގަނޑަށާއި ހަންގަނޑަށް އެއްވަނައެވެ. މީގައި އެކުލެވޭ ގުދުރަތީ އެންޓި އޮކްސިޑެންޓް އަދި އެންޓިބެކްޓީރިއަލް މާއްދާތަކުގެ ސަބަބުން ހަންގަނޑު މަޑުކޮށްދެއެވެ.

ކާށިތެޔޮ ބޭނުން ކޮށްގެން ގޭގައި ތައްޔާރުކޮށްލެވިދާނެ މޮއިޝަރައިޒާއެއް:

ބޭނުންވާނީ އެއް ޖޯޑު ކާށިތެޔޮ (ވާޖިން)، ލެވެންޑާ އެސެންޝަލް އޮއިލް (5 ތިކި) އަދި އެއް ސައިސަމްސާ ވިޓަމިން އީ އޮއިލް އެވެ. ތައްޔާރު ކުރާނެ ގޮތަކީ، އެއްމެ ފުރަތަމަ ކާށިތެޔޮފޮދު ވިޕް ކޮށްލާނީއެވެ. ދެން އެސެންޝަލް އޮއިލް އަދި ވިޓަމިން އީ އޮއިލް އަޅާ، ފްލަފް ވަންދެން އެއްކޮށް، ގިރާނީއެވެ. މަތިޖެހި އެއްޗަކަށް އަޅާފައި ބަހައްޓާށެވެ. ކޮންމެ ދުވަހަކު ހަންގަނޑުގައި އުނގުޅާށެވެ.

މާމުއި:މިއީވެސް ހަށިގަނޑަށް ފައިދާހުރި މާއްދާތަކުން މުއްސަނދި ވެފައިވާ އެއްޗެކެވެ. މިއީ ހަންގަނޑު ކުރަކިވުމާ، މޫނުގައި ބިހި ނެގުމުންދުރުކޮށްދޭ އެއްޗެއްވެސް މެއެވެ.

މާމުއި ބޭނުންކޮށްގެން ތައްޔާރު ކުރެވިދާނެ ސްކްރަބް އެއް:

ބޭނުންވާނީ ދެ މޭޒުމަތީ ސަމްސާ މާމުއި އަދި އެއް މޭޒުމަތީ ސަމްސާ ބްރައުން ޝުގާއެވެ. މި ސްކްރަބް ތައްޔާރު ކުރުމަށް މާމުއި އަދި ހަކުރު އެއްކޮށްލާށެވެ. މި ސްކްރަބް މޫނުގައި އުނގުޅާށެވެ. އިރުކޮޅަކު ބަހައްޓާފައި ދޮވެލާނީއެވެ. މި ސްކްރަބް ތުންފަތުގައިވެސް ބޭނުން ކުރާށެވެ.

ފޮނިތޮށި:ފޮނިތޮށި ބޭނުންކޮށްގެން ފޭސްމާސްކެއް ތައްޔާރުކުރެވިދާނެއެވެ. ފޮނިތޮއްޓާ މާމުއި އެއްކޮށްގެން މޫނުގައި އުނގުޅާށެވެ. މޫނުގައި ހުންނަ ލަކުނުތައް ފިލާ އުޖާލާވާނެއެވެ. މޫނުގެ ހަންގަނޑު މަޑުވެ ތާޒާވާނެއެވެ.