އެމެރިކާގެ ލޮސް އެންގަލެސްގެ ގެއެއްގައި ޕާޓީއެއް ބާއްވައި އާއްމުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަ ކުރި މައްސަލައެއްގައި މެންޗެސްޓާ ޔުނައިޓެޑުގެ ފޯވާޑް ރެމޮލޫ ލުކާކޫ 340 ޕައުންޑުން ޖޫރިމަނާކޮށްފި އެވެ.

ރެމެލޫ ލުކާކޫ ޖޫރިނަމާކޮށްފައި ވަނީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި މެންޗެސްޓާ ޔުނައިޓެޑާއި އޭނާ ގުޅުނުކަން ރަސްމީ ގޮތުން އިއުލާން ކުރުމަށް ފަހު އޭނާގެ އެކުވެރިޔާ އަދި ޔުނައިޓެޑުގެ މިޑްފިލްޑާ ޕޮގްބާ އާ އެކު އެމެރިކާގެ ލޮސް އެންޖެލެސްގެ ގެއެއްގައި ޕާޓީއެއް ބާއްވައި އާއްމުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަ ކުރި މައްސަލަ އެ ސިޓީގެ ބެވަލީ ހިލްސް ޕޮލިސް ޑިޕާޓްމެންޓުން ބެލުމަށް ފަހު އެވެ.

އެ މައްސަލާގައި ލުކާކޫ ކުށަށް އިންކާރު ކުރި ކަމުގައިވީ ނަމަވެސް އޭނާގެ މައްޗަށް ވަނީ ކުށްސާބިތުވެފަ އެވެ. މި ޖޫރިމާނާ ނުދައްކައިފި ނަމަ ލުކާކޫ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމުގެ އިހްތިޔާޒު އެމެރިކާގެ ކޯޓަށް ލިބިގެންވެ އެވެ. ނަމަވެސް ލުކާކޫ އާއި ލޮސް އެންޖެލަސްގެ ބެވަލީ ހިލްސް ޕޮލިސް ޑިޕާޓްމެންޓާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކުޑަކޮށް ޖަލުން ސަލާމަތް ވާނެ އެވެ.
ޔުނައިޓެޑަށް ބަދަލުވުމަށް ފަހު ލުކާކޫ ވަނީ މިހާތަނަށް އެ ޓީމަށް 12 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.