22 Nov 2017, 11:24
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދު ޗީފް ސުޕްރިންޓެންޑެންޓުގެ މަގާމަށް ޑީމޯޓް ކުރިތާ ހަފްތާއެއް ފަހުން އަނެއްކާ ވެސް ޑީމޯޓްކޮށްފި އެވެ.
"ސަން" އަށް އެނގިފައިވާގޮތުގައި ޖަމްޝީދުއާ ގުޅޭ އިތުރު މައްސަލައެއް ބެލުމަށް ފަހު އޭނާ ސުޕްރިންޓެންޑެންޓްގެ މަގާމަށް އޭނާ ޑީމޯޓް ކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
ޖަމްޝީދު ޑީމޯޓްކޮށްފައި ވަނީ އިންޓެގްރޭޓެޑް ސާވިސް ކޮމާންޑްގެ ވެރިޔާގެ މަގާމުން އޭނާ ދުރުކޮށް ޕްރޮޖެކްޓްސް އޮފިސަރެއްގެ ގޮތުގައި އައްޑޫ ސިޓީއަށް ފޮނުވާލަން ނިންމާފައިވަނިކޮށެވެ.
އިންޓެގްރޭޓެޑް ސާވިސް ކޮމާންޑްގެ ވެރިޔާގެ މަގާމަށް ޖަމްޝީދު އައްޔަންކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ.
ޖަމްޝީދު އިންޓެގްރޭޓެޑް ސާވިސަސް ކޮމާންޑްގެ ވެރިޔާގެ މަގާމަށް އައްޔަން ކޮށްފައިވަނީ 2016 ވަނަ އަހަރު ފުލުހުންގެ ތެރޭގައި ގެނެވުނު ބަދަލުތަކެއްގައެވެ.