އެވިޑް ކޮލެޖުން އެންމެ ފުރަތަމަ ތައާރަފު ކުރި މާސްޓާސް އޮޕް ޓީޗިންގް (ޕްރައިމަރީ) އަދި މާސްޓާސް އޮފް ޓީޗިންގް (ސެކަންޑަރީ) ދެ ކޯސް ސްރީލަންކާގައި ހިންގުމަށް އެ ގައުމުގެ ކޮލެޖަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އެވިޑް ކޮލެޖުން މިއަދު ބުނީ އެކަމުގެ ސަބަބުން ރާއްޖެއަށް ރީތި ނަމެއް ލިބިގެން ދާނެ ކަމަށާއި އެއިން ވެސް ދައްކުވައިދެނީ ރާއްޖޭގެ ކޯހެއް ބޭރު ދުނިޔޭގައި ބަލައިގަނެ ބޭރު ދުނިޔެއާ އެއް ފެންވަރެއްގައި ހިންގިދާނެކަން ކަމަށެވެ.

މި ހިނގާ ނޮވެމްބަރު މަހުގައި އެ ދެ މޮޑިއުލް ކިޔަވާ ދެއްވާ ގޮތަށް ހަމަޖެހިފައި ވަނީ މެލޭޝިޔާގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ނަރޭޝް ކުމާރު ކަމަށާއި މިހާރު އެވިޑް ކޮލެޖްގައި އެޑިޔުކޭޝަންގެ ދާއިރާއިން މާސްޓާސް އޮފް ޓީޗިންގްގެ އިތުރުން މާސްޓާސް އޮފް އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ކޯސް ހިންގަމުން ގެންދާ ކަމަށް އެ ކޮލެޖުން ބުންޏެވެ.