06 Aug 2011, 14:45
ކިޔޭވް (އޮގަސްޓް 6) : ވެރިކަން ކުރެއްވި ދުވަސްވަރު މަޤާމުގެ ނުފޫޒު ބޭނުން ކުރެއްވުމާއި ކޮރަޕްޝަންގެ ޢަމަލުތައް ހިންގެވި ކަމުގެ ތުހުމަތުގައި ޔުކްރޭންގެ ކުރީގެ ބޮޑުވަޒީރާ ޔޫލިޔާ ތިމޮޝިންކޯ ހައްޔަރުކޮށްފިއެވެ. ފުލުހުން، ތިމޮޝިންކޯ ހައްޔަރުކުރީ ޔުކްރޭންގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އެންގުމުގެ މަތިން ކޯޓު އަމުރެއްގެ ދަށުންނެވެ.
ތިމޮޝިންކޯއަކީ 2004 ވަނަ އަހަރުގެ ފަހުކޮޅު ގައާއި 2005 ވަނަ އަހަރުގެ ކުރީކޮޅު ޑިމޮކްރަސީގެ ނަމުގައި ޔުކްރޭންގެ ލެބެރަލް އެކްޓިވިސްޓުން އެޤައުމަށްގެނައި އޮރެންޖް ރިވޮލިއުޝަން (އޮރެންޖް ޙަރަކާތް) ގެ އިސްސަފުގައި ޙަރަކާތްތެރިވި ލީޑަރެކެވެ.
އޮރެންޖް ރިވޮލިއުޝަން ޔުކްރޭނަށް އައިތާ 5 އަހަރުތެރޭގައިވަނީ އެ ރިވޮލިއުޝަންވަނީ ނާކާމިޔާބުވެފައެވެ. އޮރެންޖް ރިވޮލިއުޝަން ނާކާމިޔާބުވީ އެ ރިވޮލިއުޝަންގެ ލީޑަރުން ގެންނެވި ޑިމޮކްރަސީއާއި ޓްރާންސްޕޭރަންސީގެ އުސޫލުތަކާ ޚުދު އެބޭފުޅުން އަމިއްލައަށް ޚިލާފުވެގެންނާއި ވަޢްދުތައް ނުފުއްދުމާއެކު ރައްޔިތުންގެ އިތުބާރު ގެއްލިގެންނެވެ.
މިނާކާމިޔާބާގުޅިގެން ރައްޔިތުންގެ ތާއީދު ގެއްލުމާއެކު 2010 ވަނަ އަހަރުގެ އިންތިޚާބުގައި އޮރެންޖް ޙަރަކާތުގެ ލީޑަރުން ބަލިވެ ކުރީގެ ރައީސް ރައީސް ޔަނަކޮވިޗްއަށް އަނެއްކާވެސްވަނީ ޔުކްރޭންގެ ރައީސްކަން ލިބިވަޑައިގެންފައެވެ.
ތިމޮޝިންކޯވަނީ އޭނާގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަނުގެ ތުހުމަތު ތަކަށް އިންކާރު ކުރައްވާފައެވެ. -- އަލްޖަޒީރާ