21 Nov 2017, 18:41
މަޝްހޫރު ކޮމީޑިއަން އަދި އެކްޓަރު ކެވިން ހާޓް އަދި އޭނާގެ އަންހެނުން، މޮޑެލް އެނިކޯ ޕެރިޝް އަށް ފިިރިހެން ކުއްޖަކު ލިބިއްޖެ އެވެ. މިއީ އެނިކޯ އަދި ކެވިން އަށް ލިބުނު ފުރަތަމަ ކުއްޖާ އެވެ.
ކެވިން މީގެ ކުރިން ކުރި ކައިވެންޏަކަށް ދެ ކުދިން މިހާރު ވެސް ތިބެ އެވެ.
ކުރީގެ އަންހެނުން ޓޮރެއި ހާޓްއަށް ލިބިފައިވަނީ ހެވަން އެވެ. އެ އަންހެން ދަރިފުޅަށް މިހާރު 12 އަހަރު ވެއްޖެ އެވެ. އަދި ފިރިހެން ދަރިފުޅު ހެންޑްރިކްއަށް މިހާރު 10 އަހަރު ވަނީ ފުރިފައެވެ. މިއަދު ވިހެއި އެ ކުއްޖާއަށް ދީފައިވާ ނަމަކީ ކެންޒޯ ކޭޝް ހާޓް އެވެ.
God is truly amazing....Kenzo Kash Hart was born at 1:45am ....He is Healthy & already smiling. Thank you all for your prayers!!!! We love & appreciate ya#Harts
— Kevin Hart (@KevinHart4real)November 21, 2017
ކެންޒޯ އުފަންވި ކަން އިއުލާންކޮށް ކެވިން މިއަދު މެންދުރު ކުރި ޓްވީޓެއްގައި ބުނީ، ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި މިހާރު ވެސް ހިނިތުން ވަމުންދާ ކަމަށެވެ.
ކެވިންއަށް މިއަދު ފިރިހެން ކުއްޖަކު ލިބުނުއިރު، އޭނާ އާއި އަންހެނުން އެނިކޯ ވަނީ މިއަހަރުގެ މަންމައިންގެ ދުވަހު އެ ދެ މީހުންނަށް ކުއްޖަކު ލިބޭ ކަމުގެ އުފާވެރި ހަބަރު ފޭނުންނަށް ދީފައެވެ.
ކުއްޖާގެ ނަމާއެކު "ލަޔަން ކިންގް" ތީމަކަށް މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ކުލަގަދަ ބޭބީ ޝަވާއެއް ބާއްވާ ފައެވެ.