21 Nov 2017, 16:05
ދުނިޔޭގެ ގިނަ ބައެއްގެ އިތުބާރު ހޯދަމުން އަންނަ "ޕޮނިމޯ" ބްރޭންޑް އެސްޓީއޯ ސްޕަމާޓް އިން މިއަަދު ރަސްމީކޮށް ބާޒާރަށް ނެރެފި އެވެ.
ތުރުކީން ރާއްޖެއެތެރެކުރާ "ޕޮނިމޯ"ގެ އޮތޮރައިޒްޑް ޑިސްޓިބިއުޓަރަކީ އެސްޓީއޯ އެވެ.
އެސްޓީއޯ އިން ބުނީ، "ޕޮނިމޯ" އަކީ ރާއްޖޭގެ ބާޒާރުގައި ހުރި އެންމެ އަގުހެޔޮ އަދި ކޮލިޓީ ރަނގަޅު ބޮޑެތި މީހުންނަށް ޚާއްސަ ނެޕީ ބްރޭންޑެއް ކަމަށެވެ.
އެގޮތުން މިއަދު ބާޒާރަށް ނެރެފައިވާ "ޕޮނިމޯ" ފަރުމާކޮށްފައި ވަނީ ބޭނުންކުރައްވާ ބޭފުޅުންގެ ހަންގަނޑަށް އަރާމާއި ހިތްހަމަޖެހުން ލިއްބައިދޭނޭ ގޮތަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ. އަދި އެ ނެޕީ އަކީ ބޭނުންކުރައްވާ ބޭފުޅުންނަށް ތެތްކަން އިހުސާސް ނުވާނޭ ގޮތަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ނެޕީއެއްކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އާންމު ގޮތެެއްގައި ރާއްޖޭގެ ބާޒާރުގައި ހުންނަ ބޮޑެތި މީހުންނަށް ޚާއްސަ ނެޕީއެކޭ އެއްގޮތަށް "ޕޮނިމޯ"ގެ 2 ސައިޒު (މީޑިއަމް އަދި ލާޖް) ލިބެންހުންނައިރު ކޮންމެ ސައިޒަކުން ވެސް 2 ޕެކް (30 ނެޕީގެ ޕެކް އަދި 15 ނެޕީގެ ޕެކް) އެސްޓީއޯއިން ލިބެންހުންނާނެ އެވެ.
އެސްޓީއޯ ސްޕާމާޓް، އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ އިތުރުން އެސްޓީއޯގެ ފާމަސީތަކުން ވެސް މިހާރު "ޕޮނިމޯ" ލިބިވަޑައިގަންނަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.