21 Nov 2017, 12:43
އަންހެނުންގެ ބޮލުގެ އިސްތަށިގަނޑަކީ ނުހަނު ލޯތްބާ އެކު ބަލަހައްޓާ އެއްޗެކެވެ. ބައެއް މީހުންނަށް ފަސޭހައީ އިސްތަށިގަނޑު ކުރުކޮށް ކޮށާލާފައި ބޭއްވުމެވެ. އިސްތަށިގަނޑު ދިގުކޮށް ބޭއްވުމަށް ބޭނުންވާ މީހުން އެކަމަށް ބުރަ މަސައްކަތްތައް ވެސް ކުރެ އެވެ.
އިސްތަށިގަނޑު އަވަހަށް ދިގުކުރަން ބޭނުން ނަމަ މިކަންތަކަށް ސަމާލުވާށެވެ.
1. ކޮންމެ ދުވަހަކު ޝޭމްޕޫ ނުކުރާތި:ކޮންމެ ދުވަހަކު ޝޭމްޕޫ ލައިގެން އިސްތަށިގަނޑު ނުދޮންނާށެވެ. މިއީ އިސްތަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް އެންމެ އެދެވޭގޮތުގައި ނުލިބިދާނެ ކަމެކެވެ. ޝޭމްޕޫ ކުރާ ކޮންމެ ފަހަރަކު ކޮންޑިޝަނާ ލުމަށް ވެސް ހަނދާން ބަހައްޓާށެވެ.
2. އިސްތަށިގަނޑު ދޫކޮށްލާފާ ބާއްވާ:އިސްތަށިގަނޑު ވޫލުކޮޅަކުން އައްސާފާ ބޭއްވުމުގެ ބަދަލުގައި އިސްތަށިގަނޑު ދޫކޮށްލާފައި ގިނަ ވަގުތު ބޭއްވުމަކީ އަވަހަށް ދިގުވާނެ ކަމެކެވެ.
3. އިސްތަށިގަނޑު ކޮޅަށް ދިއުމުގެ ކުރިން ކޮށާ:އިސްތަށިގަނޑު ކޮޅަށް ގޮސް ހުސްވުމުގެ ކުރިން އިސްތަށިގަނޑު އެއްވަރުކޮށް ކޮށާލާށެވެ. ކޮންމެ ދެ މަހަކުން މިކަން ކުރުން ރަނގަޅެވެ.
4. އިސްތަށިގަނޑަށް ސަމާލުވޭ:އިސްތަށިގަނޑި ޑައިކުރާއިރު އަދި އަޔަން ކުރާއިރުވެސް ހީޓް ޕްރޮޓެކްޓެންޓް ބޭނުން ކުރާށެވެ.
5. ގެންގުޅޭ ބުރުސް ވެސް މުހިއްމު: ބޮލުގެ އިސްތަށިގަނޑު އޮމާންކުރަން ގެންގުޅޭ ބުރުހަކީ ވެސް އިސްތަށިގަނޑު ދިގުކޮށް، ރީތިކޮށް ބޭއްވުމަށް މުހިއްމު އެއްޗެކެވެ. އިސްތަށިގަނޑާ ގުޅޭ ބުރުހަކުން ފުނާ އަޅާށެވެ.
6. ހެއާ މާސްކް: ކޮންމެ ހަފްތާއަކު އެއްފަހަރު ހެއާ މާސްކް ބޭނުން ކުރާށެވެ. ބަދިގޭތެރެއިން ފަސޭހައިން ލިބެން ހުންނަ އެއްޗެހި ބޭނުން ކޮށްގެން ހެއާ މާސްކް ތައްޔާރުކުރެވިދާނެ އެވެ. ނޫނީ ކާށި ތެޔޮ ލައި އިސްތަށިގަނޑު މަސާޖުކޮށްލުމަށް ފަހު ޝޭމްޕޫ ކުރާށެވެ.
7. އެކްސްޓެންޝަން ބޭނުން ނުކުރޭ:ބޮލުގެ އިސްތަށިގަނޑު ދިގުކުރަން މިހާރު އެންމެ އާންމު އެކައްޗަކީ އާޓިފިޝަލް އެކްސްޓެންޝަންސް އެވެ. އެކްްޓެންޝަންސް ބޭނުން ކުރުމުން އިސްތަށިގަނޑަށް ގެއްލުންވާ ކަމަށް ހެއާ އެކްސްޕާޓުން ބުނެއެވެ. އިސްތަށިގަނޑު ދިގު ކުރަން ވިސްނާއިރު އެކްސްޓެންޝަންސް ބޭނުން ނުކުރާށެވެ.