06 Aug 2011, 13:42
އާކްޓިކް ސަރަހައްދުގައި އެކަހެރިކޮށް އޮތް ގަނޑުފެންގަނޑެއްގެ މަތީ ކޭމްޕް ޖަހައިގެން ތިބި އިނގިރޭސިވިލާތުގެ ދަރިވަރުންތަކަކަށް ޕޯލާ ބެއާ ]އުތުރު ތަނޑި އާއި ދެކުނު ތަނޑީގައި އުޅޭ ސާރިދޯޅެއް[ ދިން ހަމަލާއެއްގައި އޭގެ ތެރެއިން އެއް ކުއްޖަކު މަރުވެއްޖެ އެވެ.
ސާރިދޯޅުގެ ހަމަލާގައި 17 އަހަރުގެ ޒުވާނަކު މަރުވި އިރު، އެ ހާދިސާގައި އެހެން ދެ ކުއްޖަކު ޒަހަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސާރިދޯޅުގެ ކިބައިން ގްރޫޕްގެ ކުދިން ސަލާމަތްވީ އޭގެ ތެރެއިން އެކަކު ސާރިދޯޅުގެ ގަޔަށް ބަޑިޖަހައި މަރާލުމުން ކަމަށް ދަތުރު އިންތިޒާމްކުރި އިނގިރޭސިވިލާތުގެ "ދަ ބްރިޓިޝް ސްކޫލްސް އެކްސްޕްލޯރިން ސޮސައިޓީ"އާ ހަވާލާދީ ޔޫއެސްއޭ ޓްޑޭގައިވެ އެވެ.
ސާރިދޯޅުގެ ހަމަލާގެ ހާދިސާ ހިނގި ސަލްވަބާޑް އާކިޕަލެގޯއަކީ 2400 މީހުންނާއި 3000 ޕޯލަބެއާ އުޅޭ ރަށެކެވެ.
އާކްޓިކް ސަރަހައްދަށް ދިޔަ ދަރިވަރުންގެ މިގްރޫޕަކީ އެތަނުގައި ހަތަރެއް ނުވަތަ ފަސް ހަފްތާ ވަންދެން ތިބެން ދިޔަ ގްރޫޕެއް ކަމަށާއި އެމީހުން އެތަނުގައި ކުރުމަށް ހަމަޖެހިފައިވާ ކަމަކީ އާކްޓިކްގެ ފޮސިލްތައް ހޯދުމާއި ބައެއް ގޮނޑުދޮށްތަކުން ކުނި ނެގުމާއި ސައިންސް ޕްރޮޖެކްޓެއް ހެދުން ކަމަށް ޔޫއެސްއޭ ޓްޑޭގައިވެ އެވެ.