21 Nov 2017, 11:44
ތައިލެންޑްގެ ޔުނިވާރސިޓީ އޮފް ތައި ޗެމްބަރ އޮފް ކޮމާސް (ޔޫޓީސީސީ)ގެ ބިޒްނަސް ފެކަލްޓީގެ 25 ދަރިވަރަކު އެވިޑް ކޮލެޖަށް ޒިޔާރަތް ކޮށްފިއެވެ.
އެވިޑް ކޮލެޖުން ބުނީ އެ ޔުނިވާސިޓީގެ 25 ދަރިވަރަކާ ބިޒްނަސް ފެކަލްޓީގެ ޑީން އެވިޑް ކޮލެޖަށް ޒިޔާރަތް ކުރީ އިއްޔެ ކަމަށެވެ. މި ޒިޔާރަތަކީ ޔޫޓީސީސީ އާއި އެވިޑްކޮލާއި ދެމެދު ދަރިވަރުން ބަދަލުކުރުމާއި، އެވިޑްކޮލެޖުގެ ތަމްރީންތަކާބެހޭ މައުލޫމާތު ދަރިވަރުން ހޯދުމަށް ކުރި ޒިޔާރަތެކެވެ.
ޔޫޓީސީސީގެ ބިޒްނަސް ފެކަލްޓީގެ ދަރިވަރުން އެވިޑް ކޮލެޖަށް ޒިޔާރަތް ކުރުން --- ސަން ފޮޓޯ: ފަޔާޒު މޫސާ
ފަސް ގަޑިއިރަށް ކުރިޔަށްދިޔަ މި ޒިޔާރަތުގައި، ދެ ކޮލެޖުގެ ދެމެދުގައި މުސްތަޤުބަލްގައި ކުދިން ބަދަލުކުރުމުގެ ޕްރޮގްރާމެއް ބޭއްވުމާއި، ފަންނީގޮތުން ޔޫޓީސީސީގެ އެހީތެރިކަން އެވިޑްކޮލެޖަށް ފޯރުކޮށްދެވޭނެ ގޮތްތަކާބެހޭގޮތުން އެވިޑް ކޮލެޖުގެ ޗެއާމަންއާއި އިސްވެރިން އަދި ޔޫޓީސީސީގެ ވެރިންނާދެމެދު މަޝްވަރާކުރެވުނު ކަމަށް އެވިޑް ކޮލެޖުން ބުނެއެވެ.
އަދި ކައިރި މުސްތަޤުބަލެއްގައި އެވިޑްކޮލެޖުގެ ދަރިވަރުން ޔޫޓީސީސީއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބެނެ ކަމަށްވެސް އެވިޑް ކޮލެޖުން ބުނެއެވެ.
އިއްޔެ އެވިޑް ކޮލެޖަށް ޒިޔާރަތްކުރި އެވިޑްކޮލެޖުން ޔުނިވާރސިޓީ އޮފް ތައި ޗެމްބަރ އޮފް ކޮމާސްގެ ދަރިވަރުންނަށް އެވިޑް ކޮލެޖުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.