ލަވައެއް ނުވަތަ ފިލްމެއްވެސް މަޝްހޫރުވެއްޖެ ނަމަ، މިހާރު އެންމެ ބާރަށް އޭގެ ވާހަކަ ދެކެވޭނީ ސޯޝަލް މީޑިއާގައެވެ. އެގޮތުން މިދުވަސްވަރު ގިނަ ބައެއްގެ ފޭސްބުކް ސްޓޭޓަސްއިން ޖާގަ ހޯދަމުން ދަނީ އެންމެ ފަހުން ރިލީޒްކުރި ދިވެހި ފިލްމު "ބޮސް"ގެ ތަފާތު ޑައިލޮގްތަކެވެ.

"އަހަންނާ ވަކިވާން ޖެހިއްޖިއްޔާ އެންމެ ފަހު ކަމަކަށް އަހަންނަށް ކިސް އެއް ދެއްޗޭ،"

ބޮސްގެ މަންޒަރެއް -- ފޮޓޯ: ބޮސް

"މިދުނިޔޭގަ އެކީ އުޅުމުގެ ފުރުސަތު ނުލިބުނަސް، ޖަންނަތުގަ އަހަރެންގެ ބައިވެެިއަކީ ތިއީ."

އަދި "ހަލާލު އަނބިމީހާ ފިރިމީހާ ކުރިމަތީ އުޅެންވާގޮތް ގޮތް ކިޔައިދޭން ރަންޑީންނަކަށް ނޭނގޭނެ".

"މިއޮތީ މަށަށް ނެގުނު ފޮޓޯ، ތިއޮތީ އަތަށް ގޮވާފައި" ފަދަ "ބޮސް" ޑައިލޮގްތައް ހިމެނެއެވެ.

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ ބޮސް އޮކްޓޫބަރު 31ގައި ރިލީޒް ކުރި ފަހުން، ގިނަ ބަޔަކު ވަނީ މިހާރު އެ ފިލްމު ބަލައިފައެވެ. ފިލްމު ބެލި ގިނަ ބަޔަކު ސިފަކުރާ ގޮތުގައި "ބޮސް" ހަމަ ވަރަށް ސަޅިއެވެ. އަސަރު ގަދައެވެ. ޚާއްސަކޮށް ފިލްމުގެ ލަވަތަށް ގިނަބަޔަކަށް ވަރަށް ކަމުދިޔައެވެ. ހާއްސަކޮށް "ބޮސްދޭހާ ލޯބިވޭ" މި ލަވަ ވަރަށް ހިތްގައިމެވެ.

ބޮސްގެ މަންޒަރެއް -- ފޮޓޯ: ބޮސް

ބޮސްގެ ޕްރޮޑަކްޝަން ޓީމުން މީގެ ކުރީން ވަނީ އެ ފިލްމުގައި ހިމެނޭ ހިތްގައިމު ރީތި ލަވަތަކުގެ އޯޑިއޯ، ސައުންޑް ކްލައުޑާއި ދިރާގު މައިޓޯން މެދުވެރިކޮށް އަޑުއަހައިލެވޭނޭގޮތް ހަދައިފައެވެ. އެހެން ނަމަވެސް ލަވަތަކުގެ ވީޑިއޯ ފެނިފައިވާނީ ފިލްމު ބަލަން ދިޔަ މީހުންނަށެވެ.

ނަހޫ މިވަނީ، ފިލްމު ބަލައިލުމުގެ ނަސީބު މިހާތަނަށް ލިބިފައި ނުވާ ފަރާތްތަކަށް ހަދިޔާއެއް ދީފައެވެ. އެގޮތުން އެ ފިލްމުގައި ހިމެނޭ އެންމެ ހިތްގައިމު އެއް ލަވަ ކަމަށްވާ، "ބޮސްދޭހާ ލޯބިވޭ"ގެ ވީޑިއޯ ލަވަ މިހާރު އެ ފިލްމުގެ ފޭސްބުކް ޕޭޖުން ފެންނާނެއެވެ.

ހިތްގައިމު އަޑުގެ ވެރިޔާ މާއިން ރަޝީދާއި ކުޅަދާނަ ލަވަކިޔުންތެރިޔާ މުޙައްމަދު އަބްދުލް ޣަނީ (ތޭރަ) ކިޔައިދީފައިވާ "ބޮސްދޭހާ ލޯބިވޭ" މި ރީތި ލަވައިން، ބޮސްގެ ބަޠަލާ މަރިޔަމް އައްޒައާއި ފިލްމުގެ ބަޠަލް، މުހައްމަދު ޔުނާންގެ އެކްޓިން އާއެކު، ރާއްޖޭގެ ރީތި މަންޒަރުތައްވެސް ފެނިގެން ދެއެވެ.

އައިޝަތު ރިޝްމީ ރަމީޒް ޑައިރެކްޓްކޮށްފައިވާ ފިލްމު ބޮސްގެ ލަވަތަކުގެ މިއުޒިކް ހަދާފައި ވަނީ، މިސްޓީ، އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ)، ފަތޯ، ހުސައިން ޞަބާޙް، އަދި މުނާޒެވެ. ލަވަތައް ހަދާފައި ވަނީ، މައުޞޫމް ޝާކިރު، އާދަމް ހަލީމް އަދުނާން، އަދި މުޙައްމަދު އްބަދުލްޣަނީ (ތޭރަ) އެވެ.

މާއިން އާއި ތޭރަގެ އިތުރުން މި ފިލްމަށް ލަވަ ކިޔައިދީފައި ވަނީ ރާފިޔަތު ރަމީޒާ، ފާތިމަތު އަޝްފާ، އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ)، އަދި މޯލްޑިވިއަން އައިޑަލްއިން ވިދާލި ޝަލަބީ އިބްރާހިމާއި، އަހްމަދު ނަބީލް އަދި ހަމޫދެވެ.

ބޮސްގެ ލަވަތަށް: