21 Nov 2017, 09:35
ޖާންވީ ކަޕޫރު އަދި ސާރާ އަލީ ހާނަކީ ވެސް އަލަށް ބޮލީވުޑަށް ތައާރަފްވާ ކުޅަދާނަ ދެ ތަރިންނެވެ.
ސާރާގެ ފިލްމް 'ކެދާނަތް' އަންނަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވާ އިރު ޖާންވީގެ އާ ފިލްމް "ދަޅަކް'ގެ ޝޫޓިންގް އަންނަ މަހު ފައްޓ ާއިރު މީޑިއާތަކުން އަންނަނީ އެ ދެތަރިންގެ ތެރެއިން ކާމިޔާބު ވާނީ ކާކަށްތޯ ސުވާލު އުފައްދަމުންނެވެ.
އެކަމުގެ ސަބަބުން ސާރާ ވަނީ ވަރަށް ކަންބޮޑުވެފަ އެވެ. "ކެދާރްނާތު"ގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ބުނީ ސާރާ މިހާރު އަބަދު ވެސް ފެންނަނީ ހާސްވެ ކަންބޮޑުވެގެން އުޅޭތަން ކަމަށެވެ.
"އަބަދު ވެސް މިހާރު ހުންނަނީ ތެޅިފޮޅިލާ. ހާސްކަން އޭނާގެ މޫނު މަތިން ފެނިގެންދޭ. ނާ ހިތްހަމަޖައްސުވަން އަޅުކަން ކުރާތަނަކަށް ވެސް ގެންދިޔައިން،" އޭނާ ބުންޏެވެ.
"ކެދާރްނާތް" އާއި "ދަޅަކް"، ދެ ފިލްމަކީ ވެސް ލޯބީގެ ހާދިސާތަކެއްގެ މައްޗަށް އުފައްދާ ދެ ފިލްމެވެ.
"ދަޅަކް" އަކީ ރާޖަސްތާނަށް ނިސްބަތްވާ މުއްސަނދި އަންހެން ކުއްޖަކާއި މެދުފަންތީގެ ފިރިހެން ކުއްޖަކު އެކަކު އަނެކަކު ދެކެ ލޯބިވެ، ހިނގާ ތަފާތު ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
އަބީޝެކް ކަޕޫރު ޑައިރެކްޓްކުރާ 'ކެދާނަތް' ފިލްމުގައި ދައްކަނީ އިންޑިއާގެ ހިސާބެއްގައި ހިނގާ ފެންބޮޑުވުމުގެ ހާދިސާއެކެވެ.
ސާރާ މި ފިލްމުގައި ކުޅެނީ ވަރަށް މުއްސަނދި ފަތުރުވެރިއެއްގެ ރޯލެވެ. އަދި ފިލްމުގައި ސުޝާންތު ކުޅެނީ ދަތުރުވެރިންގެ ފޮށިތަންމަތި އުފުލައިދޭ މީހެއްގެ ރޯލެވެ.