21 Nov 2017, 13:36
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓްގެ ފަހުގެ އަލްބަމް "ރެޕިއުޓޭޝަން" އަހަރުގެ އެންމެ ކާމިޔާބު އަލްބަކަށް ހޮވިއްޖެއެވެ.
މި މަހު 10 ގައި ރިލީޒްކުރި އެ އަލްބަމް ވަނީ އެޑް ޝީރާންގެ "ޑިވައިޑް" ފަހަތަށް ޖައްސާލުމަށްފަހު ރެކޯޑު ހަދާފައެވެ.
"ރެޕިއުޓޭޝަން" ނެރުނުތާ ހަތަރު ދުވަހުގެ ތެރޭގައި އޭގެ 1.5 މިލިއަނަށް ވުރެ ގިނަ ކޮޕީ ވަނީ ވިކިފައެވެ. "ޑިވައިން" އަލްބަމް ރިލީޒްކުރިތާ ހަފްތާ އެއްގެ ތެރޭގައި ވިކިފައި ވަނީ 919،000 ކޮޕީ އެވެ.
އާ ރިކޯޑާއެކު ޓެއިލާ ވަނީ އެންމެ ގިނަ އަދަދަކަށް އަލްބަމް ހިންގާލި ފުރަތަމަ ލަވަ ކިޔުންތެރިޔާއަށް ވެގެން ގޮސްފައެވެ.
ޖުމްލަ 15 ލަވަ ހިމެނޭ އެ އަލްބަމް ވެގެން ގޮސްފައިވަނީ ހިޓް އަލްބަކަށެވެ.