ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ އަދި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމް "ސްޓޫޑެންޓް އޮފް ދަ އިޔާ 2"ގެ ޕޯސްޓަރު މިއަދު ދައްކާލައިފިއެވެ.

ފިލްމުގެ ޕޯސްޓަރުން ޓައިގާ ޝްރޮފް ފެނިފައިވާއިރު ފިލްމުގައި ހަރަކާތްތެރިވާ އަންހެން ބަތަލާ ދައްކާލާފައެއް ނުވެއެވެ.

ފިލްމުގެ ލީޑްގެ ބައި ޓައިގާ ކުޅޭ އިރު އަނެއް ލީޑް ކުޅެނީ ޓައިގާގެ މިހާރުގެ ލޯބިވެރިޔާ ކަމަށް ބެލެވެއެވެ.

ދަރްމާ ޕްރޮޑަކްޝަންގެ އުފެއްދުމެއް ކަމަށްވާ އެ ފިލްމްގެ އަންހެން ލީޑް ތަރި އަދި 'ފައިނަލް' އެއް ނުވެއެވެ.

"ސްޓޫޑެންޓް އޮފް ދަ އިޔާ" ނެރުނީ މީގެ ފަސް އަހަރު ކުރިންނެވެ. އަދި އެ ފިލްމް ވަނީ ރަގަޅު އާމްދަނީއެއް ހޯދައި، ބޮލީވުޑްގައި ވިދާލާފައެވެ.

އެ ފިލްމުގައި ހަރަކާތްތރިވި ލީޑް ތަރިންނަކީ އާލިއާ ބަޓް، ސިދާތު މަލްހަތުރާ އަދި ވަރުން ދަވަން އެވެ. އެ ތިން ތަރިންގެ ފުރަތަމަ ފިލްމަކީ ވެސް އެ ފިލްމުކަން ފާހަގަކޮށްލަންޖެހެއެވެ.