20 Nov 2017, 17:48
މާލޭގެ ކެފޭއެއްގެ ތެރޭގައި މާރާމާރީއެއްގައި ހިންގައި މީހަކު ޒަހަމްކޮށްލައިފި އެވެ.
ޒަހަމްވި މީހާ ފުލުހުން ވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. އެ މީހާ ޒަހަމްވީ ކެފޭއެއްގެ ތެރޭގައި ހުރި އަޅިކެނޑިއަކުން އޭނާގެ ގައިގައި ބަޔަކު ޖެހުމުންނެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މާރާމާރީ ހިންގާފައި ވަނީ "ޑޮޓްކޮމް" ނަމަކަށް ކިޔާ މާފަންނު ކެފޭއެއްގެ ތެރޭގަ އެވެ.
އެ މާރާމާރީއާ ބެހޭގޮތުން ފުލުހުންގެ މީޑީއާ އޮފިސަރު ސަންއަށް މައުލޫމާތުދެމުން ވިދާޅުވީ އެފަދަ ހާދިސާއެއް މިއަދު މެންދުރު 1:27 ގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެ މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން އަދި ކަށަވަރެއް ނުކޮށްދެ އެވެ. އަދި ޒަހަމްވި މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ވެސް އައިޖީއެމްއެޗަކުން އަދި ނުދެ އެވެ.