މަގުބޫލު ސްޓްރީމިން ސާވިސް، ނެޓްފްލިކްސް އާއި ބޮލީވުޑްގެ ކުޅަދާނަ ބަޠަލް ޝާހްރުކް ޚާންގެ ޕްރޮޑަކްޝަން ހައުސް، ރެޑް ޗިލީޒް އެންޓަޓައިންމަންޓް ގުޅިގެން ފުރަތަމަ ފަހަރަށް ޓީވީ ސިލްސިލާއެއް ހަދަން ނިންމައިފިއެވެ.

އެ ޓީވީ ސިލްސިލާ އަކީ ންޑިއާގެ ޒުވާން ލިޔުންތެރިޔާ ބިލާލް ސިއްދީގީގެ ވާހަކަ "ބާޑް އޮފް ބްލަޑް" އަށް ބިނާކޮށް އުފައްދާ ޓީވީ ސިލްސިލާ އަކީ އަށް އެޕިސޯޑްގެ މައްޗަށް ބަހާލައިގެން އުފައްދާ ސިލްސިލާ އެކެވެ.

ނެޓްފްލިކްސް އާއި ރެޑް ޗިލީޒް ގުޅިގެން ހަދާ ސިލްސިލާ އިއުލާން ކުރި ނަމަވެސް އޭގެ ކާސްޓުންނާއި ޑައިރެކްޓަރާއި ބެލުންތެރިންނާ ހަމައަށް އެ ސިލްސިލާ ގެނެސް ދޭން ފަށާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެއެވެ.