20 Nov 2017, 09:43
ދުޅަހެޔޮ ސިއްހަތަކަށް ކަސްރަތާއި ފައިދާ ހުރި ކާނާ އަކީ މުހިއްމު އެއްޗެއްސެވެ. ކޮންމެ ދުވަހަކު މަދުވެގެން 30 ވަރަކަށް މިނެޓް ކަސްރަތު ކޮށްލާ ނަމަ ހަށިގަނޑަށް އޭގެ އަސަރު ކުރާނެ އެވެ. ނަމަވެސް ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުން ކަސްތަރު ކުރުމަށް ވަގުތު ނުދެވޭ ފަހަރު ގިނަ އެވެ. ލައިފްސްޓައިލަށް އައިސްފައިވާ ބަދަލާ އެކު ކެއިންބުއިމުގެ އާދަތައް ވެސް ހުންނަނީ އެންމެ ފައިދާ ހުރި ގޮތަކަށް ނޫނެވެ.
ކަސްރަތު ނުކުރެވޭ ނަމަ، ނޫނީ އެކަމަށް ވަގުތު ނުދެވޭ ނަމަ ކުރެވިދާނެ ލައްކަ ގިނަ ކަންތައް އެބަހުއްޓެވެ. ހަށިގަނޑުގެ ދުޅަހެޔޮކަމަށް ޓަކައި މިކަންތައް ކުރާށެވެ.
-ކޭކު އަދި ޗޮކްލެޓާ މެޓާ ފަދަ ފޮނިކާތަކެއްޗާ ދުރުވާށެވެ. ކޮންމެ ރެއަކު ވެސް ރޭގަނޑުގެ ކެއުމަށް ފަހު އިރުކޮޅަކު ހިނގާލަން އާދަކުރާށެވެ.
- ގޭގެ ސިޓިންރޫމް ނޫނީ ކޮޓަރި ތެރޭގައި ނަމަވެސް ޑާންސެއް ކޮށްލާ ހަދާށެވެ. ވަކި އިރެއް ވަކި ތަނެއް ނެތެވެ. އެމީހަކަށް ފަސޭހަ ތަނެއްގައި ފަސޭހަ ވަގުތެއްގައި މިކަން ކުރާނީ އެވެ. ބޭނުމަކީ ކެލޮރީ އަންދައިލުމެވެ.
- ލިފްޓްގެ ބަދަލުގައި ސިޑި ބޭނުން ކުރާށެވެ. އެންމެ ފުތަރަމަ މިއީ އުނދަގޫ ކަމަކަށް ވެދާނެ އެވެ. އެކަމަކު މިއީ ކުރެވޭ ކަސްރަތެއްގެ އިތުރުން ހަށިގަނޑުގައި ލޭދައުރުކުރުން ފަދަ ކަންތައް ފަސޭހަކޮށްދޭނެ ކަމެކެވެ.
- ހިނގުން: މިއީ ވަރަށް މުހިއްމު ކަމެކެވެ. އޮފީހަށް ދިއުމަށް ޓަކައި ވެސް ވަގުތު އޮއްވައި ގެއިން ނިކުމެވޭތޯ ބަލާށެވެ. ހިނގާފައި ދެވޭހާ ކައިރީގައި ހުންނަ ނަމަ ޓެކްސީ ނޫނީ ސައިކަލުގައި ދިއުމުގެ ބަދަލުގައި ހިނގާފައި ދާށެވެ. މިއީ ހަށިގަނޑަށް ލިބޭނެ ރަނގަޅު ކަސްރަތެކެވެ.
ހެލްތު ޑައިޖެސްޓް