Back
Nov 23, 2025 SUN
SUN

ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓާއި ހިންނަވަރު ހައިނަސްއަށް މޮޅެއް

ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓާއި ހިންނަވަރު ހައިނަސްއަށް މޮޅެއް
Lead photo

ޔުނިޓީ ކަޕްގައި ރޭ ކުޅުނު މެޗުތައް ހދ. ނޮޅިވަރަންފަރުގެ ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓާއި ޅ. ހިންނަވަރުގެ ހިންނަވަރު ހައިނަސް މޮޅުވެއްޖެ އެވެ.

އަރުތަ ސްޕޯޓްސް އިންތިޒާމުކޮށްގެން މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި ކުރިއަށްގެންދާ އެ މުބާރާތުގެ ރޭ ހަތަރު މެޗެއް ކުޅެފައިވެ އެވެ. ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ތ. ތިމަރަފުށީގެ އިންވިންސިބަލް އެސްސީ އަތުން މޮޅުވެފައިވާ އިރު، ހިންނަވަރު ހައިނަސް ވަނީ ރ. މާކުރަތުގެ މާކޯ އެފްސީ ބަލިކޮށްފަ އެވެ.

ރޭ ކުޅުނު މެޗުގައި އިންވިންސިބަލް އަތުން ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓް ކުރި ހޯދާފައި ވަނީ ފަސޭހަކަމާ އެކު 6-0 ލަނޑުގެ ނަތީޖާ އަކުންނެވެ. އެ މެޗުގައި ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓުން ކާމިޔާބުކުރި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަބްދުﷲ އިމްތިޔާޒު ކާމިޔާބުކޮށްދިން އިރު، އަހްމަދު ޝިޒާން ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޝާފިއު އެވެ.

ރޭގެ މެޗުގައި ހިންނަވަރު ހައިނަސް ވަނީ 3-0 ލަނޑުގެ ނަތީޖާ އަކުން މާކޯ އެފްސީ ބަލިކޮށްފަ އެވެ. އެ މެޗުގައި ހިންނަވަރު ހައިނަސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު މުހައްމަދު މައުރޫފް ހުސައިނާއި އަބްދުﷲ ނަފާޒް އަދި ހުސައިން މުހައްމަދެވެ.

އެ ދެ މެޗުގެ އިތުރުން ވެސް އެ މުބާރާތުގައި ރޭ ދެ މެޗެއް ކުޅުނެވެ. އެއް މެޗުގައި ނ. މާފަރުގެ ކްލަބު މެދު ސިޓީ އާއި ރ. އިނގުރައިދޫގެ ޓީމް އިނގުރައިދޫ ބައްދަލުކުރި އިރު، އަނެއް މެޗުގައި ބައްދަލުކުރީ ހއ. ކެލާ އާއި އެންމެ ފަހުގެ ޗެމްޕިއަން ހއ. ވަށަފަރުގެ ޗެލެންޖާސް އެފްސީ އެވެ. އެ ދެ މެޗު ވެސް ނިމިގެންދިޔައީ އެއްވަރު ވެގެންނެވެ.

އަރުތަ ސްޕޯޓްސް އިންތިޒާމުކޮށްގެން މާފަންނު ސްޓޭޑިއަމް ވެލިދަނޑުގައި ކުރިއަށްގެންދާ ހަ ވަނަ ޔުނިޓީ ކަޕްގެ ތެރެއިން ---

މެދު ސިޓީ އާއި ޓީމް އިނގުރައިދޫ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 3-3 ލަނޑުގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ. އެ މެޗުގައި މެދު ސިޓީން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު އިރުޝާދު އާދުނާން ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ހަސަން އެވެ. އިނގުރައިދޫގެ ތިން ލަނޑުގެ ތެރެއިން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަލީ ހާފިޒް ދެ ލަނޑު ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އަލީ ޝާފިއު އެވެ.

ކެލާ އާއި ޗެލެންޖާސް ބައްދަލުކުރި މެޗު ވެސް ނިމިގެންދިޔައީ 3-3 ލަނޑުގެ ނަތީޖާ އަކުން އެއްވަރުވެގެންނެވެ. އެ މެޗުގައި ކެލާ އިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މުހައްމަދު ސަލަފް ކާމިޔާބުކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ގާސިމް އަތޫފެވެ. ޗެލެންޖާސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަނޫނާއި މުހައްމަދު އިމްރާން އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އަހްމަދު ވިޝާލެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށީގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް ހުށަހަޅާފައި ވަނީ 10،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. މިއަހަރުގެ ޔުނިޓީ ކަޕްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 16 ޓީމެއް ވާދަކުރެ އެވެ.

ގްރޫޕް އޭ:

  • މަރޮށި އެފްސީ (ށ. މަރޮށި)

  • ހިތާދޫ ފުޓްސަލް ޓީމު (ބ. ހިތާދޫ)
  • ހއ. ކެލާ
  • ޗެލެންޖާސް އެފްސީ (ހއ. ވަށަފަރު)

ގްރޫޕް ބީ:

  • މުލި ފުޓްސަލް ޓީމު (މ. މުލި)

  • ޓީމް ތިނަދޫ (ގދ. ތިނަދޫ)
  • މާކޯ އެފްސީ (ރ. މާކުރަތު)
  • ހިންނަވަރު ހައިނަސް (ޅ. ހިންނަވަރު)

ގްރޫޕް ސީ:

  • ނޮޅިވަރަންފަރު ޔޫތު ޑިވެލޮޕްމަންޓް (ހދ. ނޮޅިވަރަންފަރު)

  • އިންވިސިބަލްސް އެސްސީ (ތ. ތިމަރަފުށި)
  • ރ. އަލިފުށި
  • މަޑުއްވަރީ ޔޫތު ކްލަބު (ރ. މަޑުއްވަރި)

ގްރޫޕް ޑީ:

  • ކްލަބު މެދު ސިޓީ (ނ. މާފަރު)

  • ޓީމު އިނގުރައިދޫ (ރ. އިނގުރައިދޫ)
  • ކަންމަތީ ބޯއީސް އެސްސީ (ދ. ބަނޑިދޫ)
  • މަޑަވެލި ރަޓު ޓީމް (ގދ. މަޑަވެލި)

ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics