19 Nov 2017, 15:36
މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހިންގާ ބ. ކިހަވައް ހުރަވަޅި 25 އަހަރަށް މިލްކުވެރިކަން ވިއްކާލުމަށް ބީލަމަށް ހުޅުވައިލައިފި އެވެ.
ސަރުކާރުގެ ގެޒެޓުގައި މިދިޔަ ބުރާސްފަތި ދުވަހު ޝާއިއުކޮށްފައިވާ އިއުލާނެއްގައި ބުނީ ބ. ކިހަވައް ހުރަވަޅީގައި އަނަންތަރާ ނަމުގައި ހިންގަމުން އަންނަ ކިހަވައް ރިސޯޓް 25 އަހަރަށް ވިއްކާލުމަށް ރާއްޖެއާއި ރާއްޖޭ އިން ބޭރުގެ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
އެމްޓީޑީސް ބުނީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ގަތުމަށް 10،000 ޑޮލަރުގެ ދައްކަން ޖެހޭނެ ކަަމަށެވެ.
ބ. ދަރަވަންދޫ އެއާޕޯޓުން 20 މިނެޓުން ފުރައިގެން ދެވޭ ކިހަވައް ރިސޯޓެއް ހެދުމަށް ޓޫރިޒަމް މިނިސްޓްރީން އެމްޓީޑީސީއާ ހަވާލުކޮށްފައި ވަނީ 17 ސެޕްޓެމްބަރު 2006 ގަ އެވެ.
ނަމަވެސް ފަހުން 2007 ވަނަ އަހަރު އެމްޓީޑީސީ އިން ވަނީ އެ ރަށުގައި ރިސޯޓް ތަރައްގީ ކުރުމަށް "މައިނާ އިންޓަނޭޝަނަލް ލަބުއާން"އާ ހަވާލުކޮށްފަ އެވެ. މައިނާ އިންޓަނޭޝަނަލް އިން 2010 ފެށިގެން ދަނީ އެ ރަށުގައި ރިސޯޓް އޮޕަރޭޓްކުރަމުންނެވެ.
އެމްޓީޑީސީ އިން ބުނީ ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަހަރުގެ ޑިސެމްބަރުގެ 10ގެ ކުރިން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.