ކޮންމެ އަހަރެއްގެ ގައުމީ ދުވަހާ ދިމާކޮށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ނެރޭ ވީޑިއޯ ލަވަ އަލްބަމް ނެރެފިއެވެ.

މިއަހަރު ނެރުނު 17 ވަނަ ގައުމީ ލަވަ އަލްބަމް ނެރެދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީއެވެ. "ބަހުރުވަ" ގެ ނަމުގައި ނެރުނު އެ ލަވަ އަލްބަމްގައި ރާއްޖޭގައި ވާހަކަދައްކާއުޅޭ ބަހުރުވައެކުލެވޭ ލަވަތައް ވަނީ ހިމަނައިފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ފަރުމާއަކަށް ތައްޔާރުކުރި އަށް ލަވައިގެ މައްޗަށް އެކުލެވޭ އެ ވީޑިއޯ ލަވަ އަލްބަމްގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ ޅެމަކަށް ހަދާފައިވާ ލަވައެއްވެސް ހިމެނެއެވެ.

ޕެންޑްރައިވް އެއްގެ ގޮތުގައި ނެރުނު މި އަލްބަމް އެމްއެންޑީއެފްގެ ޔޫޓިއުބް ޗެނަލް އަދި ސައުންޑް ކްލައުޑުން މިހާރު ލިބެން ހުންނާނެއެވެ.