ގއ. ކޮލަމާފުށީ ބޭރުން ރާއްޖޭގެ މަސްދޯނިތަކަކަށް ފެނިގެން ދޫކޮށްލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅެނިކޮށް ފެނުނު އެ މަސް ބޯޓުތައް ހުއްޓުވައި ކޯސްޓްގާޑަށް އަންގާފައިވަނީ ދިވެހި މަސްވެރިން ތަކެކެވެ. އަދި އެ ސަރަހައްދަށް އެމްއެންޑީއެފް ކޯސްގާޑުން ގޮސް އެ މަސް ބޯޓުތައް ވަނީ ބަލައިފާސް ކޮށްފަ އެވެ.

އެމްއެންޑީއެފުން ބުނީ، ކޯސްޓާޑުން އެ ބޯޓުތައް ބަލައި ފާސް ކުރުމަށްފަހު މިހާރު ބޯޓުތައް ދޫކޮށްލާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އެ މަސްބޯޓުތައް ދޫކޮށްލީ އެއީ ރަސްމީ ފަރާތްތަކުން ހުއްދަ ނަގައިގެން ސްރީލަންކާއިން މޮރިޝަސްއަށް ދަތުރުކުރަމުންދިޔަ ބޯޓުތަކެއްކަން އެނގިފައިވުމުން ކަމަށެވެ.