މި އަހަރަކީ ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސްއަށް ވަރަށް ކާމިޔާބު އަހަރެކެވެ.

މާބަނޑު ދުވަަސްވަރު އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކުރީ އަހަރުގެ ކުރީކޮޅުއެވެ. ސެރީނާ އަށާ އޭނާގެ ލޯބިވެރިޔާ، މަޝްހޫރު އިންޓަނެޓް ސައިޓް ރެޑިޓްގެ ކޯ-ފައުންޑަރު އެލެގްޒިސް އޮހަނިއަން އަށް އަންހެން ދަރިއަކު ލިބުނީ މީގެ ދެމަސް ކުރިންނެވެ.

ދެ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ސެރީނާ އާއި އެލެގްޒިސް މިވަނީ ކުލަގަދަ ހަފްލާ އެއްގައި ކައިވެނިކޮށްފައެވެ. އެމީހުންގެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ "ބިއުޓީ އެންޑް ދަ ބީސްޓް" ތީމަށެވެ. ސެރީނާ އާއި އެލެކްޒިސްގެ ކައިވެނީގެ ހަފްލާގައި ބިއޯންސޭ، ޖޭޒީ، އަދި ކިމް ކާޑެޝަން ފަދަ މަޝްހޫރު މީހުން ވަނީ ބައިވެރިވެފައެވެ.

36 އަހަރުގެ ސެލީނާ ވަނީ މިހާތަނަށް 36 ސްރޭންޑް ސްލޭމް ޓައިޓްލް ކާމިޔާބުކޮށްފައެވެ. އަދި ކުރިއަށް އޮތް އޮސްޓްރޭލިއަން އޯޕަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށް އޭނާ ޓައިޓްލް ދިފާއު ކުރާނެ ކަމަށް ބެލެވެއެވެ. މި މުބާރާތުގައި ސެރީނާ ކުޅޭނީ ވިހޭތާ ހަތަރު މަސް ފަހުންނެވެ.