22 May 2010, 10:33
14:30
ގުއަންޓަނާމޯބޭ ޖަލުގައި ތިބި ބަޔަކު ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން ނިންމައިފައިވާ މައްސަލައާ ގުޅޭ މައުލޫމާތު އިތުރަށް ސާފުކުރުމަށް ގައުމީ ޕާޓީގެ އިސް ވަފުދެއް ސްރީލަންކާ އަށް ގޮސް، އެމެރިކާ އެމްބަސީގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފި އެވެ.
ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ އިސް ވަފުދާ ބައްދަލުކުރި ގައުމީ ޕާޓީގެ ވަފުދުގައި ހިމެނެނީ އެ ޕާޓީގެ ނައިބު ރައީސް އަބްދުލްމަތީނު މުހައްމަދާއި ޒުވާނުންގެ ގޮފީގެ ރައީސް މުހައްމަދު މަލީހު ޖަމާލް އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ އަށް ކަނޑައަޅައިފައި ހުންނަ އެމެރިކާގެ އެމްބަސަޑަރު އަންނަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.