މޯލްޑިވަންގެ ކަނޑަށް ޖައްސާ ބޯޓެއް ދ. ދޫރެސް ރިސޯޓުން ޓޭކް އޮފް ކުރަނިކޮށް އެއްޗެއްގައި ޖެހި ކަނދެއް ބިނދިއްޖެ އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑައިރެކްޓަރު އަބްދުލްހާރީޝް މިއަދު ސަން އަށް ވިދާޅުވީ 12 ޓޫރިސްޓުންނާއި ތިން ފަޅުވެރިންނާ އެކު ދ. ދޫރެސް ރިސޯޓުން ޓޭކް އޮފް ކުރަނިކޮށް، ބޯޓުގެ ކަނދު މޫދުގައި އޮތް އެއްޗެއްގައި ޖެހުނީ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވިދާޅުވީ އެ ހާދިސާގައި ބޯޓުގެ އެއް ކަނދު ބިނދިފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ހާރިޝް ވިދާޅުވީ އެ ބޯޓުގައި ތިބި މީހުން މިހާރު ރިސޯޓަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބޯޓު ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުގެ މީޑިއާ އޮފިސަރު އިބްރާހީމް ވިދާޅުވީ އެ ހާދިސާ ހިނގިކަން އެ ބޭފުޅުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:40ގައި ކަމަށާއި އެއްވެސް ފަސިންޖަރަކަށް އަދި ފަޅުވަރިއަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ސީޕްލޭން އަޑިއަށްދާތީ ރިސޯޓްގެ ދޯންޏެއްގެ ކަފުޖަހައިގެން ދޫރެސް ރިސޯޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.