16 Nov 2017, 10:54
އަހަރުގައި ނުކުތް އެންމެ ކާމިޔާބު ހޮލީވުޑް ފިލްމް 'ވޮންޑާ ވުމަން"ގެ ދެވަނަ ބައި ރިލީޒްކުރާ ތާރީހު އަވަސްކޮށްފި އެވެ.
ކުރިން އެ ފިލްމް ރިލީޒްކުރަން ހަމަޖެއްްސީ 13 ޑިސެމްބަރު 2019ގަ އެވެ. ނަމަވެސް އެ ތާރީހު ވަނީ އެއް މަސް ކުރިއަށް ޖައްސައިފަ އެވެ. އެ ގޮތުން ފިލްމް ރިލީޒްވާނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުގަ އެވެ.
ގަލް ގެޑޯ ޓަައިޓްލް ރޯލް ކުޅޭ "ވޮންޑަ ވުމަން 2" ރިލީޒްކުރާ ތާރީހު އަވަސްކުރީ "ސްޓާ ވޯސް: އެޕިސޯޑް 9" ރިލީޒް ކުރަން ނިންމުމާ ގުޅިގެންނެވެ. އެކަމުގެ ސަބަބުން ފިލްމަށް ރަނގަޅު އާމްދަނީއެއް ނުލިބިދާނެ ކަމުގެ ބިރު ހީވުމުން ކަމަށް ފިލްމްގެ ޑައިރެކްޓަރު ޕެޓީ ޖެންކިންސް ބުންޏެވެ.
މިދިޔަ ޖޫން މަހުގެ 2 ގައި ރިލީޒް ކުރި "ވޮންޑަ ވުމަން" އާންމުންގެ މެދުގައި ވަރަށް މަގުބޫލް ފިލްމަކަށް ވެގެން ދިޔަ އިރު ބޮކްސް އޮފީހުގައި ފިލްމަށް 821.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވީ އިރު އެ ފިލްމް ހަދަން ހަރަދުވީ 149 މިލިއަން ޑޮލަރެވެ.