ހއ. ތުރާކުނު ވަލުތެރޭގައި ބަނގުރާ ކައްކަން ތައްޔާރުވަމުން ދިޔަ މީހަކު އެކަމާ ގުޅުން ހުރި ގިނަ އަދަދެއްގެ ތަކެއްޗާއެކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތުރާކުނު ޗާންދަނީގޭ އިބްރާހިމް އަލީ 22، ހައްޔަރުކުރީ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ދިއްދު އާއި ހޯރަފުށި ފުލުހުން ރޭ ތުރާކުނުގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ.

ތުރާކުނު ވަލުތެރޭގައި ބަނގުރާ ކެއްކުމަށް ތައްޔާރުކޮށްފައި ހުއްޓާ ފުލުހުން އިބްރާހިމް ހައްޔަރު ކުރިއިރު ސައިކުރައަކާއި ތެޔޮ އުނދުނަކާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ އާލާތުގެ އިތުރުން ބަނގުރާ ކެއްކުމަށްޓަކައި ތައްޔާރުކޮށްފައިވާ ދިޔާއެއްޗެއް އަޅާފައިހުރި 20 ލީޓަރުގެ ހަމެއް ވެސް ހުއްޓެވެ.

މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.