ފެނާއި ނަރުދަމާއަށް ދައުލަތުގެ ބަޖެޓުން މިއަހަރު ހަރަދު ކުރުމަށް ނިންމާފައިވާ އަދަދަށް ވުރެ 27 ޕަސެންޓު އިތުރުކޮށް، ޖުމްލަ 1.1 ބިލިއަން ރުުފިޔާ ފެނާއި ނަރުދަމާއަށް އަންނަ އަހަރު ހަރަދު ކުރަން ބަޖެޓްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ އުމްރާނީ ތަރައްގީގެ މަޝްރުއުތަކަށް 7.1 ބިލިއަން ރުފިޔާ ހޭދަ ކުރަން ނިންމާފައިވާ ކަމަށެވެ.

އެ އަަދުގެ ތެރެއިން ފެނާއި ނަރުދަމާ ނިޒާމް ގާއިމު ކުރުމަށް ޖުމްލަ 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރަން ނިންމާފައިވާ ކަމަށެވެ. އެއީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮ ގްރާމް (ޕީއެސްއައިޕީ)ގެ 15.5 ޕަސެންޓެވެ.

އަންނަ އަހަރުގެ ބަޖެޓުން ފެނާއި ނަރުދަމާއާ ތެރެއިން އެންމެ ބޮޑު އަދަދެއް ހަރަދުކުރަން ނިންމާފައި ވަނީ ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫޢުތަކަށެވެ. ނަރުދަމާގެ 35 މަޝްރޫއަކަށް ބަޖެޓުން ހަރަދުކުރަން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އަންނަ އަަހަރު މުޅިން އަލަށް ފަށާ މަޝްރުއުތައް ވެސް ހިމެނެއެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ފެނުގެ 14 މަޝްރޫއުއެއްގެ އިތުރުން ފެނާއި ނަރުދަމާގެ އަށް މަޝްރޫޢެއް ވެސް ވަނީ ބަޖެޓްކޮށްފަ އެވެ.

މިދިޔަ އަހަރު ފެނާއި ނަރުދަމާ އަށް ކަނޑައެޅުނު ބަޖެޓަކީ 796.9 މިލިއަން ރުފިޔާ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖަޓެކަށް ހުށައަޅާފައި ވަނީ 27.9 މިލިއަން ރުފިޔާއެވެ. އަންނަ އަހަރު ދައުލަތައް ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ. އެ އަދަދުގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި އެ ނޫން ގޮތް ގޮތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ 5.2 ބިލިއަން ރުފިޔާ އެވެ. އަދި އެހެނިހެން ގޮތް ގޮތުން ހިލޭ އެހީގެ ގޮތުގަޔާއި ފަންޑުގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.