އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގެ މުގައްރިރަކަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހޮއްވަވައި، ނައިބު މުގައްރިރަކަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އިންތިހާބުކޮށްފި އެވެ.

ނިހާން އާއި އާމިރު އެ މަގާމަށް ހޮއްވަވާފައި ވަނީ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމް އަދި އެމްޑީއޭގެ 14 މެމްބަރުންގެ ވޯޓާއި އެކުއެވެ. ޖުމްލަ 21 މެމްބަރުން ހާޒިރުވެވަޑައިގެން އެ ބައްދަލުވުމުގައި އިދިކޮޅު އެއްވެސް މެމްބަރަކު މުގައްރިރު އަދި ނައިބް މުގަރިރު ހޮވާކަށް ވޯޓް ދީފައެއް ނުވެއެވެ.

ބަޖެޓް ކޮމެޓީ އާއި އިގްތިސޯދީ ކޮމެޓީ އެއްކޮށްލައިގެން އުފައްދާފައިވާ ބަޖެޓް ކޮމެޓީން ބަޖެޓް ދިރާސާކޮށް 10 ދުވަހުގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ވަނީ ފާސްކޮށްފައެވެ.

މިއަދު ބޭއްވި ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން ---

އެގޮތަށް ހުށަހެޅުއްވީ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދުއެވެ. އަދި ރިޔާޒުގެ ހުށަހެޅުއްވުމަށް ތާއިދުކޮށްފައި ވަނީ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ހަލީލެވެ. އެ ހުށަހެޚުއްވުން ފާސްކުރީ ޕީޕީއެމް އަދި އެމްޑީއޭގެ 13 މެމްބަރުންގެ ވޯޓާއި އެކުއެވެ.

ބަޖެޓް ކޮމެޓީން މިއަދު ފާސްކޮށްފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އޮޑިޓާ ޖެނަރަލްގެ ލަފާ ބަޖެޓަށް ހޯދުމަށެވެ. އެގޮތުން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ހުރިހާ މެންބަރުންގެ ވޯޓުން ފާސްކޮށްފައި ވަނީ އެ ދެ ފަރާތުގެ ލަފާ ލިއުމުން ހޯދުމަށްފަހު ކޮމެޓީއަށް ވެސް ހާޒިރުކޮށް ލަފާ ހޯއްދެވުމަށެވެ.

މާދަމާ އޮންނަ ބަޖެޓް ކޮމެޓީއަށް ވަނީ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ހާޒިރު ކުރުމަށް ތާވަލަކޮށްފައެވެ. މުނައްވަރު ހާޒިރު ކުރަނީ ދައުލަތުގެ އާމްދަނީއާ ހަރަދު އަދި އޮފީސްތަކުގެ ބަޖެޓާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.

އަންނަ އަހަރަށް ލަފާކޮށް 27.9 ބިލިއަން ރުފިޔަގެ ބަޖެޓެއް މަޖިލީހަށް ހުށަހަޅާފައިވާ އިރު ސަޕްލިމެންޓްރީ ބަޖެޓާއެކު މި ހިނގާ 2017 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.