05 Aug 2011, 20:37
މަސްތުވާތަކެތި ކަމަށް ތުޙުމަތު ކުރެވޭ އެއްޗެހިތަކަކާއެކު ކުޑަކުއްޖެއް މާފުށިން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ކުޑަ ކުއްޖާ އަތުން ފެނުނު ތަކެއްޗަކީ މާފުށީ ޖަލަށް އެތެރެކުރުމަށް މާފުއްޓަށް ގެންގޮސްފައިވާ އެއްޗެހިތަކެއް ކަމަށް ބެލެވޭ ކަމަށެވެ.
އަށާރަ އަހަރުން ދަށުގެ ފިރިހެން ކުއްޖާ ހައްޔަރު ކުރީ މާފުށީގައި އިއްޔެ ހިންގި އޮޕަރޭޝަނެއްގަ އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މާލެއާއި މާފުއްޓާއި ދޭތެރޭ ދަތުރުކުރާ "ހަނދޭގިރި 2" ނަމަކަށް ކިޔާ ފެރީ އިން ފޮށިގަނޑެއް ނަގައިގެން މާފުށީ ތޮށިގަނޑުމައްޗަށް ފޭބި ވަގުތު ކަމަށެވެ.
އެ ފޮށިގަނޑު ފުލުހުން ބަލާ ފާސް ކުރި އިރު މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެއް އަޅާފައި ހުރި 15 ރަބަރު ޕެކެޓާއި ދެ ބްލެޓާއި ގުޅަ ބޭސް ތަކަކާއި މޯބައިލް ފޯނަކާއި 500ރ. ފެނުނު އޮތް ކަމަށް ވެސް ބުންޏެވެ.
މިހާތަނަށް ބެލި ބެލުމުން މިފޮށިގަނޑަކީ މާލެއިން މާފުއްޓަށް ދިޔަ "ހަނދޭގިރި 2" މާލެ ފަޅުގައި އޮއްވާ އެ ދޯންޏަށް ގޮތްނޭނގޭ ދެ މީހަކު ދޫކޮށްލާފައި ދިޔަ ފޮށިގަނޑެއްކަމަށް ވަނީ މަޢުލޫމާތު ލިބިފަ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކުޑަކުއްޖާ މި ފޮށިގަނޑު ނަގާފައިވަނީ އެ ދޯނި މާފުއްޓަށް ކައިރިކުރި ވަގުތު ދޯންޏަށް އަރައެވެ.