15 Nov 2017, 09:05
އއ. ރަސްދޫގައި ހުންނަ ޑައިވިންގް ސްކޫލެއް ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ.
ރޭ ހިނގި ހާދިސާގައި އަލިފާން ރޯވެފައި ވަނީ ޑައިވިން ސްކޫލް، "ރަސްދޫ ސްކޫބާ" ގަ އެވެ. އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވިކަން އެ މީހުންނަށް ރިޕޯޓުކުރީ ރޭ ދަންވަރު 2:50ގައި ކަމަށާއި އެ ވަގުތުން ފެށުގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ޓީމުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ އަލިފާންގަނޑު ނިއްވާލެވުނީ ރޭ މެންދަމުން އަލިވެ 3:35ގައި ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އެ ސްކޫލަކީ 50 ފޫޓު 50 ފޫޓުގެ ބޮޑު ޖާގައެއްގައި އެއްބައި ރާނާފައި ވަށައިގެން ފިލާޖަހައިގެން ހަދައިފައިވާ ތަނެއްކަމަށާއި އެ ޑައިވިން ސްކޫލުގެ ބޮޑުބައި ހަދާފައި ވަނީ ލަކުޑިންކަމަށެވެ.
މުޅި ސްކޫލް ބޭނުންނުކުރެވޭ ވަރަށްް އަނދައި ހުލިވެފައިވާ އިރު އެ ތަނަށް ލިބުނު ގެއްލުމުގެ ތަފުސީލު އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.