15 Nov 2017, 09:00
ކުޑަކުދިންގެ ދުވަހުގެ ހަދިޔާ އަކަށް ދަރިފުޅު ތައިމުރު އަލީ ޚާން އަށް، ބޮލީވުޑް އެކްޓަރު ސައިފް އަލީ ޚާން ކާރެއް ގަނެދީފި އެވެ.
ތައިމުރު އަށް އެއް އަހަރު ފުރޭނީ އަންނަ ޑިސެމްބަރު މެހުގަ އެވެ. ނަމަވެސް އޭގެ ކުރިން ކުޑަކުދިންގެ ދުވަހާ ދިމާކޮށް ސައިފް މިވަނީ ދަރިފުޅަށް ވަރަށް އަގުބޮޑު ހަދިޔާއެއް ދީފަ އެވެ.
ތައިމުރަށް ގަނެދީފައި ވަނީ އެސްއާރްޓީ ބްރޭންޑްގެ ރަތް ކުލައިގެ ކާރެކެވެ. ކާރުގެ އަގު 1.30 ކުރޯޑަށް އަރާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.
މީޑިއާއަށް މައުލޫމާތު ދެމުން ސައިފް ބުނީ ކާރުގެ ފަހަތު ސީޓުގައި ތައިމުރަށް ޚާއްސަ ބޭބީ ސީޓެއް އިންނާނެ ކަމަށާއި ސަލާމަތީ ގޮތުން ވެސް ވަރަށް ރަނގަޅު ވާނެ ކަމަށެވެ.
ތައިމުރަށް ކާރުގެ ކުލަ ވެސް ރީތިވާނެ ކަމަށާއި އަދި ދަރިފުޅު ބޮޑުވަންދެން ކާރު ބާއްވާނެ ކަމަށް ވެސް ސައިފް ވަނީ ބުނެފަ އެވެ.