14 Nov 2017, 23:50
މިރޭ 10 ޖެހުމާއެކު ބަންދުކުރި ފިހާރައަކަށް ވަންނަން ދިޔަ ޒުވާނަކު އެ ފިހާރައަށް ނުވައްދެމުން، ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ. ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލުމުން އޭނާ ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.
ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ޖަމާލުއްދީން ސްކޫލުގެ އިރުން ބޮޑުރަސްގެފާނުމަގުގައި ހުންނަ ވިއު މާޓް ނަމަކަށް ކިޔާ ފިހާރައިގެ ދޮރުގެ ބިއްލޫރިގަނޑެވެ.
މަންޒަރު ދުއް މީހަކު ބުނީ، މިރޭ 10 ޖެހުމުން އެ ފިހާރަ ބަންދުކޮށްފައި ހުއްޓައި އެ ފިހާރައަށް ވަންނަން ދިޔަ ޒުވާނަކު ފިހާރައަށް ވަންނަން ދިއުމުން ފިހާރަ ނުހުޅުވުމުން އަތުން ޖެހީ ކަމަށެވެ.
އެ ޒުވާނާ ޒަހަމް ވުމުން ބިންމައްޗަށް ފައިބާފައިވާ ލޭ އެ ފިހާރަ ކައިރީގައި ހުއްޓެވެ.

ބިއްލޫރިގަނޑު ތަޅާލި ވިއުމާޓް ފިހާރައިގެ ތެރޭގައި ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
އެމީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.