އެއްގަމު އުޅަނދުތައް ގަވައިދާ ހިލާފަށް ޕާކް ކުރުމަކީ ކަމާ ބެހޭ ފަރާތްތަކުގެ އިތުރުން އާއްމުންވެސް ވަރަށް ރުޅި އަންނަ ކަމެކެވެ. ނަމަވެސް އެ ރުޅިވެރިކަން ލިތުއޭނިއާގެ ވެރިރަށް ވިލީނިއަސްގެ މޭޔަރު ފަދައިން އެފަދަ ކަންކަމާ ރުޅިވެރިކަން ފާޅުކުރައްވާ ބޭފުޅަކު އަދި ފެނިފައެއް ނުވެއެވެ.

ވިލިނިއަސްގެ މޭޔަރު ، އުމުރުން 43 އަހަރުގެ އަރުތޫރަސް ޒޯކަސްއަށް ފާހަގަ ކުރެއްވުނީ އެރަށުގައި ފެރާރީއާއި ރޯލްސް ރޮއިސް އަދި މާސިޑީސް ބެންޒް ފަދަ އަގުބޮޑު ކާރުތައް ދުއްވާ ފަރާތްތަކުން އެއްވެސް ޖެހިލުމެއް ނެތި ބޭނުން ތަނެއްގައި އެމީހުންގެ ކާރުތައް ޕާކްކޮށްފައި އެކަމަށް ދައްކަން ޖެހޭ ޖޫރިމަނާއެއް ދައްކާ ކަމެވެ.

ފައިސާވެރިން ގާނޫނަށް ވުރެ މަތީގައި އުޅޭތަން ބައްލަވާފައި އަޅުއްވާނެ ފިޔަވަޅެއް އެނގިވަޑައި ނުގެން އަރުތޫރަސް ނުހުންނަވަ އެވެ. އިސާހިތަކު ހަނގުރާމަމަތީ ޓޭންކަރެއް ކުއްޔަށް ހިއްޕަވައިގެން މަގުތައް ހަމައަކަށް އަޅުއްވާލެއްވުމަށް ނުކުންނެވީ އެވެ.

މަގެއްގައި ނުގަވައިދުން ޕާކްކޮށްފައި އޮތް މާސިޑީސް ކާރެއްގެ މަތިން ޓޭންކަރު ދުއްވާލައްވައި އެކާރު ފައްފައް ޖައްސަވާލެއްވުމަށް ފަހު މޭޔަރު ހަޅޭފުޅު ލައްވަމުން ވިދާޅުވީ " ނުގަވައިދުން ޕާކްކުރާ ކާރުތަކަށް ވާނީ މިހެން، " ކަމަށެވެ.

އަރުތޫރަސް ވިދާޅުވާ ގޮތުގައި ނުގަވައިދުން ޕާކްކުރާ މީހުން އެދައްކައިދެނީ އެމީހުން އެހެން މީހުންނަށް އިހުތިރާމް ނުކުރާ ކަމެވެ. އަދި އެފަދަ މީހުންނާ ދެކޮޅަށް ވިލިނިއަސް ސިޓީ ތެދުވެއްޖެ ކަން އޭނާ ކުރެއްވި ކަންތަކުން އެނގިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ -- ބީބީސީ