ވެމްކޯ މެދުވެރިކޮށް ކުނިއުކާލުމުގެ ޚިދުމަތް ހޯދާ ފަރާތްތަކުން ދައްކަން ޖެހޭ ފީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް، އޮންލައިންކޮށް ދެއްކޭނޭ ގޮތް ހަމަޖައްސައިފިއެވެ.

ވެމްކޯގެވެބްސައިޓްގައިބިލް ދެއްކުމަށްޓަކައި ހާއްސަ ބެނާއެއް އިންނާނެ ކަމަށާއި އައިޑީކާޑު ނަންބަރު ޖެހުމުން އެމީހެއްގެ އެކައުންޓް އަދި ބިލްގެ އަދަދާއި ބިލް ދެއްކުމުގައި ބޭނުންކުރެވޭނެ އިހްތިޔާރުތައް ފެނިގެންދާނެ ކަމަށް ވެމްކޯއިން ބުންޏެވެ.

ބީއެމްއެލްގެ ޕޯޓަލް މެދުވެރިކޮށް ފަސޭހަމަކާއެކު ބިލްދެއްކުމަށްޓަކައި ވެމްކޯއިން ފެށި އެ ހިދުމަތާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް އެ ހިދުމަތް ހޯދިދާނެކަމަށް ވެމްކޯއިން ބުންޏެވެ.

މީގެ ކުރިން ބިލް ދެއްކުމަށްޓަކައި ދާންޖެހެނީ ހެޑް އޮފީހަށް ނުވަތަ ސިނާއީ ސަރަހައްދުގައި ހުންނަ ވެމްކޯގެ ސައިޓަށެވެ.