ރާއްޖޭގައި ގެތަކާއި ވިޔަފާރިތަކަށް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ދިރާގުގެ ފިކްސްޑް ބްރޯޑްބޭންޑްގެ ވަރަށް ހާއްސަ ޕްރޮމޯޝަނެއް އެކުންފުނިން ފަށައިފި އެވެ.

ދިރާގުން އިއްޔެ އިއުލާނުކުރި ދިރާގު ފިކްސްޑް ބްރޯޑްބޭންޑްގެ ދަށުން ރާއްޖޭގައި ފޯރުކޮށްދޭ އެންމެ ހަލުވި އިންޓަނެޓް ސްޕީޑް އެކުންފުނީގެ "ފައިބާ ޓު ދަ ހޯމް"ގެ 100 އެމްބީޕީއެސް ޕެކޭޖުންލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

އިއްޔެ އިން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ދެމިގެންދާ ޕްރޮމޯޝަނުގައި ފައިބާ ކަނެކްޝަނާއި އޭޑީއެސްއެލް ގުޅައިދިނުމުގެ ހިދުމަތް މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. އޭގެ އިތުރުން މި ޕްރޮމޯޝަނުގައި ތިން މަސް ދުވަސް ވަންދެން ނަގާ ކޮންމެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓު ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުގެ ފައިބާ ޓު ދަ ހޯމް މާލެ، ވިލިމާލެ އަދި ހުޅުމާލެ ގެ އިތުރުން 17 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީފަ އެވެ. އަދި އޭޑީއެސްއެލްގެ ހިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތިހުރިހާ ރަށަކުން ލިބެ އެވެ. ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ ދަށުން ލިބެން ހުންނަ ސްޕީޑްތަކަކީ 5 ، 10 ، 15، 25، 50 އަދި 100 އެމްބީޕީއެސް އެވެ.