11:26

މިރޭ މާލޭގައި މާރާމާރީއެއް ހިނގައި ޒުވާނަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގާފައި ވަނީ ގަލޮޅު ދަނޑު ކައިރީގައި ހުންނަ ބްރަދާސް މޮޓޯ އޮފީސް ކައިރީގައި ކަމަށާއި ހަމަލާގައި ޒަހަމް ލިބުނު ޒުވާނާއަށް އޭޑީކޭގައި މިވަގުތު ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ބުނީ ހަމަލާ ދީފައި ވަނީ ކޯންޗަކުންކަން ސާފު ނުވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

" އޭނާގެ ހާލާ ބެހޭ ގޮތުން އަދި އެއްޗެއް ބުނާކަށް ނޭންގޭ. އެކަން ބަލަމުން މިދަނީ،" ފުލުސް އޮފިޝަލު ވިދާޅުވި އެވެ.

ސަންއަށް މައުލޫމާތު ދިން މީހަކު ބުނީ އެ ހަމަލާ ދީފައި ވަނީ ތޫނު އެއްޗަކުން ކަމަށާއި ހަމަލާ ދީފައި ވަނީ ޒުވާން ފިރިހެން ކުއްޖަކަށް ކަމަށާއި ހަމަލާ ދިނީ 10:30 އެހާކަންހާއިރު ކަމަށެވެ.