14:30


ހއ. އިހަވަންދޫގައި އެންބިއުލާންސަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އެކިވަރުގެ އަނިޔާވެއްޖެ އެވެ.


ފުލުހުންގެ މީޑިޔާ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ހަވީރު ހަތަރެއް ޖަހާކަންހާއިރު އެ އެކްސިޑެންޓް ހިނގާފައި ވަނީ ބަލި މީހަކު ގެއަށް ލާފައިދިޔަ އެންބިއުލާންސެއް ހަތަރު އަނގޮޅި ކަންމަތިން މަގަށް ނިކުންނަނިކޮށް މަގަށް ވަންނަން ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އަދި އެ އެކްސިޑެންޓްގައި  ސައިކަލު ދުއްވަން އިން މީހާއަށާއި ސައިކަލު ފަހަތުގައި އިން މީހާއަށް ވެސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި އަދި އެ ދެ މީހުންނަށް އިތުރަށް ފަރުވާ ދިނުމަށް ހދ.ކުޅުދުއްފުށްޓައް އިއްޔެ ހަވީރު ގެންދިޔަ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އަދި މިހާރު އެ ދެ މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.