އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ، ކުޅަދާނަ ބަތަލު ސަލްމާން ހާންގެ އާ ފިލްމް 'ޓައިގާ ޒިންދާ'ގެ ޓްރެއިލާ 'ޕަދްމާވަތީ'ގެ ޓްރެއިލާގެ ރިކޯޑު މުގުރާލައިފިއެވެ.

"ޓައިގާ ޒިންދާ ހޭ"ގެ ޓްރެއިލާއަށް 700،000 ލައިކްސް ޔޫޓިއުބުގައި ލިބިފައިވެ އެވެ. އަދި ދީޕިކާ ޕަދުކޯން ހަރަކާތްތެރިވާ ފިލްމް 'ޕަދްމާވަތީ' އަށް ލިބިފައިވަނީ ގާތްގަނޑަކަށް 600،000 ލައިކްސް އެވެ.

އެއާއެކު 'ޓައިގާ ޒިންދާ' ވެފައި މިވަނީ އަހަރުގެ ފިލްމް ޓްރެއިލާ ތަކުގެ އެންމެ ގިނަ ލައިކްސް ލިބުނު ޓްރެއިލާ އަށެވެ.

ފިލްމު އަންނަ މަހުގެ 22 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ އިރު ފިލްމުގެ ބަތަލާގެ ރޯލު އަދާކުރަނީ ކެޓްރީނާ ކައިފް އެވެ. އެ ފިލްމްގެ ޓްރެއިލާ ވެގެން ގޮސްފައިވަނީ އެންމެ ގިނައިން ޓުވީޓްކުރި ހިންދީ ފިލްމު ޓްރެއިލާ އަށެވެ. އަދި ޔޫޓިއުބުގައި އެންމެ އަވަހަށް 20 މިލިއަން ފަހަނަޅައި ދިޔަ، ސަލްމާންގެ ފިލްމެއްގެ ޓްރެއިލާއަށް ވެސް އެ ފިލްމް ވަނީ ވެގެން ގޮސްފައެވެ. ޔޫޓިއުބުގައި ރިލީޒްކުރި ޓްރެއިލާތަކުގެ ތެރެއިން މުޅި ދުނިޔެއިން ވެސް އެންމެ ގިނަ ލައިކް ލިބުނު ޓްރެއިލާއަކަށް ވެސް "ޓައިގާ ޒިންދާ ހޭ" ގެ ޓްރެއިލާ ވަނީ ވެފައެވެ.

ގިނަ ރެކޯޑްތަކެއް އެއްފަހަރާ އެ ފިލްމްގެ ޓްރެއިލާ އަށް ވަނީ ލިބިފައެވެ.