ގެއްލުނު ފުރުސަތު

ބޯޓެއް ސަހަރާއަކަށް ވެއްޓި ގޮވައިފިއެވެ. ސަލާމަތްވީ ތިން މީހުންނެވެ. ހަނަފަސް ކަމުގެ ތެރޭގައި ތިން ޒުވާނުން އަތްފުނާ އަޅަމުން ދަނިކޮށް ފެނުނީ ވޮއްގަނޑެކެވެ. ފުރަތަމަ މީހާ: އަލާއުއްދީން ގެންގުޅުން ކަހަލަ ވޮއްގަނޑަކާ ތި ވައްތަރު! އަޅެ ނިކަން އަތް އުނގުޅާލަބަލަ؟ އެކުވެރިޔާގެ ބަހަށް ދެވަނަ މީހާ، ވޮއްގަނޑުގައި ހިފައިގެން ހުރެ އަތުން ފިރުމައިލި އެވެ. ހަމަ އެވަގުތު ނަސީބު އަތުގަ ހިފި ކަހަލަ އެވެ. ވޮއްގަނޑުން ޖިންނި އެއް ނިކުމެއްޖެއެވެ.
ޖިންނި: ތިޔައިގެ ކޮންމެ މީހަކު ބޭނުން އެއްކަންތަށް އަހަރެން ފުއްދައި ދޭނަން! އަވަހަށް ބުނޭ؟
ފުރަތަމަ މީހާ: އަހަރެން ބޭނުމީ އަހަރެންގެ އަނބިދަރިން ގާތަށް ދާން! އޭނާގެ އަނބި ދަރިން ގާތަށް އޭނާ ގެންގޮސްދީފި އެވެ.
ދެވަނަ މީހާ: އަހަރެން ބޭނުމީ މިދުނިޔެމަތީގައި އެންމެ ރީތި ކުދިން އުޅޭ ތަނަށް ދާން!
އޭނާ އެދުނު ބިޓުންގެ މަންޒިލަށް އޭނާ ވެސް ގެންގޮސްދީފި އެވެ.
ތިންވަނަ މީހާ: އަހަރެން މިތާ އެކަނި ހުރެގެން ވާނެ ފައިދާއެއް ނޯންނާނެ! ފޮނުވާލި ދެ މީހުން ގެނެސްދީ؟
ފޮނުވާލި ދެމީހުން ދުން ގަނޑަކާއެކު އަނބުރާ އައިސްފި އެވެ. ތިން މީހުންނަށް ލިބުނު ތިން ފުރުސަތު ބޭކާރުވެ ސަހަރާގެ ތެރޭގައި އަނެއްކާވެސް ހާލުގައި ޖެހުނީއެވެ.