ޝީޝާގެ 30 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން "ހަބޭސް 30" ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއަދުންފެށިގެން އަންނަ އަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަން ޝީޝާގެ ހުރިހާ އައުޓްލެޓެއްގައި ވެސް ކުރިއާށްދާނެ އެވެ.

ރާއްޖޭގެ ހޮންޑާގެ އޮތޮރައިޒް ޑިސްޓިރިބިއުޓާ ޝީޝާގެ ހެޑް ހޮފް ސޭލްސް މުހައްމަދު އިޝާމް ވިދާޅުވީ، މިއަދު ފެށި އެ ޕްރޮމޯޝަންގެ ދަށުން އިންސްޓޯލްމަންޓަށް އަދި އެއްކޮށް ފައިސާ ދައްކާފައި ސައިކަލް ގަންނަ ފަރާތްތަށް ވެސް ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށެވެ.

އިޝާމް ވިދާޅުވީ، މި ޕްރޮމޯޝަންގެ ދަށުން ސައިކަލް ގަންނަ ފަރާތްތަކުން 10 ޕަސެންޓް ޑައުންޕޭމަންޓެއް ދައްކައިގެން 20000 ރުފިޔާގެ ލުޔެއް ލިބިގެންދާނެ ކަމަށެވެ.

އިންސްޓޯލްމަންޓަށް ސައިކަލް ގަންނަ ފަރާތްތަކަށް ލިބިގެންދާ ޑިސްކައުންޓްގެ އިތުރުން އެއްފަހަރާ ފައިސާ ދެއްކުމަށް ފަހު ސައިކަލް ގަންނަ ފަރާތްތަކަށް ވެސް 5000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ދެވިގެންދާނެ ކަމަށް އިޝާމް ވިދާޅުވިއެވެ.

"ހަބޭސް 30" ޕްރޮމޯޝަންގައި ކަސްޓަމަރުންނަށް ލިބިގެންދާ ޑިސްކައުންޓްގެ އިތުރުން ޝީޝާގެ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ގުރުއަތު ލުމެއްވެސް ޕްރޮމޯޝަން ނިމުމުން އޮންނާނެކަމަށް އިޝާމް ވިދާޅުވި އެވެ. ގުރުއަތުގައި ބައިވެރިވުމަށް ޝީޝާގެ ކޮންމެ އައުޓްލެޓަކުން ވެސް ކޮންމެ ވެސް ހިދުމަތެއް ހޯދައިގެން އެ ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފަވާ ކަމަށް އިޝާމް ވިދާޅުވި އެވެ. އަދި އެ ގުރުއަތުގެ ނަސީބުވެރިޔަކަށް 30000 ރުފިޔާގެ ފައިސާގެ އިނާމެއްލިބިގެންދާނެ ކަމަށް ވެސް އިޝާމް ވިދާޅުވި އެވެ.

ޝީޝާގެ އަހަރީ ދުވަހުގެ އެ ޕްރޮމޯޝަންގައި އާންމުންގެ ހުރިހާފަރާތެއް ވެސް ބައިވެރިކުރުމަށް ޓަކައި ފޭސްބުކް މެދުވެރިކޮށް ވެސް ހާއްސަ އިނާމްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމާށް އިޝާމް ވިދާޅުވި އެވެ. އެގޮތުން ޝީޝާގެ އޮފިޝަލްފޭސްބުކް ޕޭޖަށްލައިކްދީ ޕޯސްޓްތައް ޝެއާ ކުރާ ފަރާތްތަކުގެ މެދުގައި ވެސް ހާއްސަ އިނާމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އިޝާމް ވިދާލުވި އެވެ.

ޝީޝާ އަކީ ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފަވާ "ހޮންޑާ" ބްރޭންޑްގެ ސައިކަލް ވިއްކަމުން އަދި އޭގެ ސާވިސްވެސް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އައުޓްލެޓްތައް ހުޅުވައި ތަފާތު ޕްރޮމޯޝަންތަކާ އެކު ކަސްޓަމަރުންނާ ވީހާ ވެސް ގާތުން ހިދުމަތް ދެމުންނެވެ.