ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، ހދ. ކުޅުދުއްފުއްޓަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރު ފަހު ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި މަހާ ޖައްރާފް އިފްތިތާޙުކޮށްދެއްވައި ކުޅުދުއްފުށީ އެއާޕޯޓު ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫޢު ފައްޓަވައި ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިއަދު ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.