12 Nov 2017, 15:00
ޗައިނާގެ މަޝްހޫރު އީ ކޮމާސް ވެބްސައިޓް އަލީބާބާ އިން އެއް ދުވަސް ތެރޭ ރިކޯޑް އަދަދަކަށް ވިޔަފާރިކޮށްފިއެވެ.
ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ނުވަތަ ''11/11'' އަކީ 'ސިންގަލްސް ޑޭ' ގެ ގޮތުގައި އަލީބާބާއިން ފާހަގަކުރާ ކުރާ ދުވަހެވެ. އެގޮތުން އެ ވެބްސައިޓުން އިއްޔެ ވަނީ 25.4 ބިލިއަން ޑޮލަރުގެ ވިޔަފާރި ކޮށްފިއެވެ.
ސިންގަލްސް ޑޭ އެކްސްޓްރާ ވެގެންޒާގައި މިއަހަރު އަލީބާބާގެ ވިޔަފާރި، މިދިޔަ އަހަރަށްވުރެ 39 އިންސައްތަ އިތުރުވެފައިވާކަމަށް އެކުންފުނިން ބުނެއެވެ. މިއަހަރުގެ ސިންގަލްސްޑޭ ފެށުނުތާ ގަޑިއިރެއްހައި އިރު ތެރޭ 10 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވެއެވެ. އަދި ވިޔަފާރި ހުޅުވާލިތާ ފުރަތަމަ 13 ގަޑިއިރުގެ ތެރޭގައި ވަނީ، 18 ބިލިއަން ޑޮލަރުގެ ވިޔަފާރިކޮށް މިދިޔަ އަހަރުގެ މުޅި 'ސިންގަލްސްޑޭ"ގެ ރެކޯޑް މުގުރާލައިފައެވެ.
ސިންގަލްސް ޑޭ އަކީ ޗައިނާގެ އޮންލައިން ވިޔަފާރި ކުރާ ވިޔަފާރި ވެރިންނަށާ ކަސްޓަމަރުންނަށް އަންނަ ވިޔަފާރީގެ އީދެކެވެ. ސިންގަލްސްޑޭ އެކަނިވެރިން ހިތްހަމަ ޖައްސައިލުމަށާ އެމީހުންގެ އަމިއްލަ ނަފުސަށް ހަދިޔާއެއް ދިނުމަށް ބޮޑެތި އަދަދުތަކުން ވިޔަފާރިކުރަމުން އަންނަ ކަމަށް ޗައިނާގެ އިގްތިސާދު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިއީ އެކުންފުނީގެ ތާރީހުގައިވެސް ސޭލްސް އެންމެ މައްޗަށް ދިޔަ ދުވަހެވެ.
#Double112017: As of 24:00, total GMV has exceeded RMB168.2 billion - more than USD25.3 billion. Mobile GMV: 90%.pic.twitter.com/Kfm3dhNNdw
— Alibaba Group (@AlibabaGroup)November 11, 2017
މިފަހަކަށް އައިސް ދިވެހީންގެ ތެރޭގައިވެސް އޮންލައިން ވިޔަފާރި ވަރަށް މަގުބޫލެވެ. އެގޮތުން ދިވެހީންގެ މެދުގައިވެސް މިހާރު އެންމެ މަގުބޫލު އޮންލައިން ވިޔަފާރި ޕްލެޓްފޯމަކީ އަލީބާބާގެ "އަލީ އެކްސްޕްރެސް"ކަން ފާހަގަކޮށްލަން ޖެހެއެވެ.