ކުޅަދާނަ ބަތަލާ ސޯނަމް ކަޕޫރު، މަޝްހޫރު ވިޔަފާރިވެރިއާ އާނަންދް އަހޫޖާއާ އެންގޭޖްކުރާ ވާހަކަ ސޯނަމް ދޮގުކޮށްފަިއެވެ.

ސޯނަމްއާއި އާނަންދުގެ ލޯބީގެ ގުޅުން ހާމަ ނުކުރި ނަމަވެސް މި ދެތަރިން އުޅެނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައެވެ.

ސޯނަމް ބުނީ އަވަސް މުސްތަގްބަލެއްގައި ކައިވެންޏެއް ނުކުރާނެކަމަށާއި މިހާރު ހުރިހާ ވަގުތެއް ހުސްކޮށްލައިފައިވާނީ އޭނާ ކުރާ މަސައްކަތްތަކަށް ކަމަށެވެ.

ސޯނަމް ބުނީ އޭނާ ވަނީ އަމިއްލަ ދިރިއުޅުމުގައި ހިނގާ ކަންތައްތަކުގެ ވާހަކަ އެއްވެސް މީޑިއާއަކަށް ހިއްސާ ނުކުރާނެކަމަށް ބުނެފައެވެ. އެހެންކަމުން އާނަންދް އާއި ސޯނަމްއާ ދެމީހުންގެ ގުޅުމަށް ވެސް ސޯނަމް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ސޯނަމް މިހާރު އަންނަނީ އޭނާގެ ދައްތަ ރީއާ ކަޕޫރާއި އެކްތާ ކަޕޫރު ގުޅިގެން ޕްރޮޑިއުސްކުރާ "ވީރޭ ދި ވެޑިން"ގައި މަސައްކަތްކުރަމުންނެވެ.