12 Nov 2017, 10:18
ކޮންމެ އަހަރެއްގެ އަހަރު ނިމުމަށް ހާއްސަ ކޮށްގެން އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓުން ބާއްވަމުން އަންނަ "އިޔާ އެންޑް ސުޕާ ސޭލް" ފަށައިފި އެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން 11 ޖެނުއަރީ 2018ގެ ނިއަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގަ އެވެ.
އިޔާ އެންޑް ސުޕަސޭލްގައި ކުރާ ކޮންމެ 1000 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. ގުރުއަތުން ދިމާވާ ފަރާތްތަކަށް ކޮންމެ ހަފްތާއަކު 10،000 ރުފިޔާގެ އަގުހުރި އިނާމް ލިބިގެން ދާނެ ކަމަށާއި ލިބޭ އިނާމުތަކުގެ ތެރޭގައި ހިޓާޗީ ފްރަންޓް ލޯޑް މެޝިން، ހިޓާޗީ އެއާ ކޮންޑިޝަން، ފިލިޕްސް ޖޫސާ އަދި މަކީޓާ ޓޫލްސް އެއާ ފަދަ އަގުހުރި އިނާމްތައް ހިމެނޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
މި ޕްރޮމޯޝަންގައި 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ޕްރޮމޯޝަންގައި ގަންނަ ބައެއް ތަކެއްޗާއެއްކޮށް ވަގުތުން ހިލޭ އިނާމްތައް ވެސް ލިބޭނެ ކަމަށާއި ކޮންމެ ހަފްތާއަކު ޕްރޮޑަކްޓް ޑެމޯ ސެޝަންތައް ވެސް ހޯމް އިމްޕްރޫވްމަންޓްގައި ކުރިއަށްދާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.